ޔޫތު މިނިސްޓަރު މަހުލޫފު/ ފޮޓޯ: ސަން
ހަބަރު
05 Jul 2023 | 16:07
ކުޅިވަރު ވަސީލަތްތައް ރައީސް ޞާލިހު ތަރައްގީ ކުރަމުންދަނީ މުޅިން އެހެން ލެވެލްއެއްގައި: މަހުލޫފު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރީ "މުޅިން އެހެން ލެވެލްއެއްގައި" ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ. 

މަހުލޫފު މިފަދައިން ވިދާޅުވެފައިވަނީ މި ސަރުކާރުން ފ. މަގޫދޫގައި ތަރައްގީކުރަމުން އައި ވޮލީ ކޯޓުގެ މަސައްކަތް މުޅިން ނިންމާލެވިފައިވާކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން މަހުލޫފު ވިދާޅުވީ މި ސަރުކާރުން މަގޫދޫގައި ތަރައްގީކުރި ވަރުގެ ވޮލީ ކޯޓެއް މީގެ ކުރީ ސަރުކާރުން ތަރައްގީ ނުކުރެވުނު ސަބަބު އެމަނިކުފާނަށް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. 

ފ. މަގޫދޫއަށް އެކަނި ބަލާލި ނަމަވެސް ރައީސް ޞާލިހުގެ ސަރުކާރުން ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރަމުން އަންނަ ލެވެލް ފެނިގެންދާކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވި އެވެ. 

"ފ. މަގޫދޫގައި ތަރައްގީކުރި ވޮލީކޯޓުވެސް ނިމުނީއެވެ. މިފަދަ އެންމެ ކޯޓެއްވެސް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގައި ތަރައްގީނުކޮށް އޮތްއޮތުމަކީ އެކަމުގެ ސަބަބު އަޅުގަނޑަށް އެއްގޮތަކަށްވެސް ނުވިސްނޭކަމެކެވެ. ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުން ރައީސް ޞާލިހު މިވަނީ މުޅިން އެހެން ލެވަލްއަކަށް ގެންގޮސްދެއްވާފައެވެ"

ޔޫތު މިނިސްޓަރު މަހުލޫފު 

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން މަހުލޫފު ވަނީ ރައީސް ޞާލިހުގެ ސަރުކާރުން ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށް ކުރަމުން އައިސްފައިވާ މަސައްކަތްތައް ފާހަގަކުރައްވާ ތައުރީފު ކުރައްވާފަ އެވެ. 

އޭނާ ވިދާޅުވީ އެކި ކުޅިވަރުތައް ތަރައްގީކުރުމަށް އެހެން އެއްވެސް ސަރުކާރަކުން ނުކުރާ މިންވަރަށް މި ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.