މެމްބަރު އަހުމަދު ތާރިގު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
08 Jul 2023 | 19:30
ޝާހިދަށް ރަނިންމޭޓުކަން ދޭން ރައީސް ޞާލިހަށް މަޖުބޫރުވާނެކަން އެނގޭ: ތާރިގު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދަށް ރައިން މޭޓުކަން ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް މަޖުބޫރުވާނެކަން އެނގިލައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ. 

ތާރިގު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޞާލިހުގެ ކެމްޕޭނު ޓީމު މޯޓިވޭޓުކުރުމަށް ކުރިއަށް ގެންދިޔަ ސެޝަނުގެ ތެރެއިން ރައީސް ޞާލިހާއި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އެކުގައި ތިއްބަވާތަން ފެނިގެންދާ ފޮޓޯއެއް ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އެ ފޮޓޯ ހިއްސާކުރައްވާ ތާރިގު ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދަކީ ދިވެހިރާއްޖޭގެ މަސްކަނޑުން ބައެއް ވިއްކާލުމުގައި ރައީސް ޞާލިހުގެ ބައިވެރިއެއް ކަމަށެވެ.

އަދި އެހެންވުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުގެ ރަނިން މޭޓުކަމަށް ޝާހިދު ހަމަޖައްސަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، އެކަން ކުރަން އެމަނިކުފާނަށް މަޖުބޫރުވާނެކަމަށް ތާރިގު ވިދާޅުވި އެވެ. 

ރައީސް ޞާލިހުގެ ކެމްޕޭނު ޓީމު މޯޓިވޭޓުކުރުމަށް ބޭއްވި ސެޝަންގެ ތެރެއިން

"ކަނޑުވިއްކާލުމުގެ ބައިވެރިޔާ ޝާހިދުއަށް ރަނިންގ މޭޓްކަން ދިނުމަށް ރައީސް ސޯލިހަށް މަޖުބޫރުވާނެކަން އަހަރެމެންނަށް އެނގޭ. ރަނިންގ މޭޓްނެގުމުގެވެސް އިހުތިޔާރުނެތް ވެރިއެއް ހޮވަން ހެޔޮނުވާނެ. ތިއީ މަޖުބޫރު ކައިވެންޏެއް. 9 ސެޕްޓެމްބަރުގައި ބާލާނެ"

މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގު

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދަކީ މިވަގުތު ރައީސް ޞާލިހުގެ އެންމެ އަރިސް ވަޒީރެވެ.

ރައީސް ޞާލިހުގެ ރަނިންމޭޓު އަދި ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް، ރަނިންމޭޓަކަށް ވުން އެންމެ ގާތީ ޝާހިދުކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ގިނަ ފަރާތްތަކެއް ދަނީ ވިދާޅުވަމުން ނެވެ. 

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ގެންދަވަނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދައިދޭން ޖެހޭކަމަށް ބުނެ ވަރަށް ބޮޑަށް ވަލާކާތުކުރައްވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.