ރައީސް ޞާލިހު ފޯކައިދޫއަށް ވަޑައިގަތުން-- ފޮޓޯ/ އެމްޑީޕީީ
ހަބަރު
09 Jul 2023 | 19:18
ރާއީސް ޞާލިހުގެ ށ ދަތުރު: ނޫމަރާއިން ފޯކައިދޫއިން ވަޑައިގެންފި!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ށ އަތޮޅަށް ކުރައްވާ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލް، ށ. ފޯކައިދޫއަށް ވަޑައިގެންފި އެވެ. 

ރައީސް ޞާލިހު ފޯކައިދޫއަށް ވަޑައިގެންނެވުމުން، އެ ރަށު ކުދި ބޮޑު ގިނަ ރައްޔިތުން މަރުހަބާ ދެންނެވުމަށް ގޮސްފައިވާއިރު، އެމަނިކުފާނަށް މަރުހަބާ ކިޔާފައިވަނީ ރަތްދޫލައިންނެވެ. 

ރައީސް ޞާލިހު ފޯކައިދޫއަށް ކުރައްވާ މި ދަތުރުފުޅުގައި، އެ ރަށުގައި މި ސަރުކާރުން ގާއިމުކުރި ޒަމާނީ ފުޓްބޯޅަ ދަނޑު ވަނީ އިފްތިތާހްކޮއްދެއްވައިފައެވެ. 

އަދި ށ.ފޯކައިދޫގައި ހެލްތް ސެންޓަރަށް އިތުރު ކުރެވުނު އެކްސްޓެންޝަން އިމާރާތްވެސް އެމަނިކުފާނު ވަނީ އިފްތިތާޙް ކުރައްވާފައެވެ. 

މީގެ އިތުރުން ރައީސް ޞާލިހު ވަނީ ފޯކައިދޫ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކޮއްދެއްވާއި، އެ ރަށުގައި މި ސަރުކާރުން ތަރައްގީކުރި ބަނދަރު ހުޅުވައިދެއްވައިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ގެ ފޯކައިދޫގެ މި ދަތުރުފުޅުގައި، އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމަށް މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. 

ފޯކައިދޫ ގެ އިތުރުން ރައީސް ޞާލިހުގެ ށ އަތޮޅުގެ މިދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫ އާއި، މަރޮށްޓާއި، ނޫމަރާއަށްވެސް ވަނީ ވަޑައިގެންފައެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމަނިކުފާނުގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ޙާލަތު ވަޒަންކުރުމާއި ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަން ބަލައި ދެނެގަތުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.