ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފޯކައިދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ އެމްޑީޕި
ހަބަރު
09 Jul 2023 | 23:34
2018 ގައި ވީ ވައުދުގެ %90އަށްވުރެ ގިނަ ކަންކަން އެދަނީ ހިނގަމުން، ނިމެމުން: ރައީސް ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި ވައުދުގެ %90 އަށްވުރެ ގިނަ ކަންކަން މިހާރު ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެމްޕެއިނަށް ށ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ކެންޕެއިން ރަސްމީކޮށް ފެއްޓެވުމަށް ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވަނީ، މި ސަރުކާރު ވެރިކަމަށް ވަޑައިގެންނެވުމާއިއެކު، ސީޔާސީ ލީޑަރުންނަށާއި ނޫސްވެރިންނަށްވެސް މިނިވަންކަން ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ އިތުރުންވެސް އެމަނިކުފާނު ވެވަޑައިގެންނެވި ގިނަ ވައުދުތަކުގެ ލިސްޓު ކިޔާލައްވަމުން އެކަންކަމުގެ ބޮޑުގައި ނިމިފައި، ނުވަތަ ހިނގަމުންދާ ކަމަށް ވިދާޅުވި އެވެ. 

"ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ތަފާތު ކުރުމެއްނެތި އެދަނީ ފޯރުކޮށްދެމުން. ފެނާއި ނަރުދަމާ. ބަނދަރާއި ކަރަންޓް. އާރްޓީއެލްގެ ދަތުރުފަތުރު. ފަސޭހަ ވައިގެ ދަތުރު. ސިއްހީ ޚިދުމަތް. ޓާޝިއަރީ ހޮސްޕިޓަލްތަކުގެ މަސައްކަތްތައް، ބާރަށް އެދަނީ ކުރިއަށް. ހިލޭ ޑިގްރީ. ސްކޯލާޝިޕް. ސްޓޫޑެންޓް ލޯން. ހުރިހާ ދަރިވަރުންނަށް އޮތީ ހުޅުވާލާފައި. މިނިމަމްވޭޖް ކަނޑައެޅިއްޖެ. ސާވިސް ޗާޖު ކަށަވަރު ކުރެވިއްޖެ. ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ މުސާރަތައް ބޮޑު ކުރެވިއްޖެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް އިތުރު ކުރެވިއްޖެ. އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދޭން ފެށިއްޖެ. އެތައް އިމާމުންނެއް ޑިގްރީ ހާސިލް ކޮށްފި."

"އައްޑުއަށް އެ އަންނަ ބޮޑު ބަދަލު ވިސްނަވާ. ހަނިމާދޫ އާއި އެކު މުޅި ބޮޑުތިލަދުންމައްޗަށް، އާ ދިރުމެއް އަންނަން އެވަނީ ފަށާފައި. މާލޭގައި އޮރް ޒަމާންވީ ބޯހިޔާވަހިކަމާ، ގެދޮރުގެ ދަތިކަމަށް އެ އަންނަނީ ރަނގަޅު ހެޔޮ ބަދަލެއް. މިހެންގޮސް މި ލިސްޓު އަޅުގަނޑަށް މިރޭ ވަރަށް ދިގުކޮށްވެސް ކިއިދާނެ. ގާތްގަނޑަކަށް 2018 ވަނައަހަރު އަޅުގަނޑުމެން ވީ ވައުދު ތަކުގެ 90 ޕަސެންޓަށް ވުރެ ގިނަ މަސައްކަތް އިރާދަކުރެއްވިޔާ މިހާރު އެދަނީ ހިނގަމުން، ނިމެމުން."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ މި ސަރުކާރުން ކުރި ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ކޮވިޑްގެ ޢާލަމީ ވަބާގެ ތެރޭގައި ކަމަށެވެ. އަދި އެކަންކަން ކުރުމަށް ހޯދަންޖެހުނީވެސް ބޭރު ގައުމުތަކުގެ އެހީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރައީސް ޞާލިހުގެ ވައުދު ތަކުގެ 90 އިންސައްތަ ނިމިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވާއިރު، މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމުގައިވާ ތިލަމާލޭ ބުރިޖުގެ މަސައްކަތް ދައުރު ނިމޭއިރުވެސް ނުނިންމޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

އަދި ބޯހިޔާ ވަހިކަމުގެ މައްސަލަ ހައްލު ކޮށްދެވިގެންދާ ކަމަށް ވިދާޅުވާ އިރު ބިންވެރިޔާ ސްކީމްގެ ދަށުން ހޯތި ލިބޭ މީހުންނަށް ގޯތި ދޭން ނިންމާފައިވާ ގިނަ ތަންތަން އަދި ހިއްކާވެސް ނުނިމެއެވެ. 

މީގެ އިތުރުން ވެސް މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދުވެސް ނުފުއްދި، މަސްވެރިކަން އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމަށް ގިނަ މަސްވެރިން އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.