ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ/ ފޮޓޯ: ދަ ޑިމޮކްރެޓްސް
ހަބަރު
10 Jul 2023 | 09:38
ރައީސް ޞާލިހާއެކު ބައެއް މެމްބަރުންނާއި، ވަޒީރުންނާއި، އެމްޑީން ވެސް މަގުމަތިވާނެ: އީވާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމޭއިރު ސަރުކާރަށް ވާގިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މިހާރު ކެބިނެޓުގައި ތިއްބެވި ވަޒީރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވަމުން ގެންދަވާ ފަރާތްތައް މަގުމަތިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ. 

އީވާ މިފަދައިން ވިދާޅުވެފައި ވަނީ "ހައުސް އޮފް ދަ ޑިމޮކްރެޓްސް" ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ނެވެ. 

އީވާ ވިދާޅުވީ ކުރިއަށް މި އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ބަލިވާނެކަމީ ޔަގީންކުރެވޭ ކަމެއް ކަމަށެވެ. 

އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވާ ގޮތުން ރައްޔިތުންގެ މެދުގައި އެމަނިކުފާނަށް އޮތް ތާއީދު ބޮޑު ތަނުން ދަށަށް ގޮސްފައިވާ ކަމަށާއި، އަމިއްލަފުޅު ޕާޓީގެ ގިނަ މެމްބަރުންގެ ވޯޓުތައްވެސް އެމަނިކުފާނަށް ގެއްލިގެންދާނެކަމަށް އީވާ ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ، މި ވެރިކަން ނިމިގެންދާއިރު، ރައީސް ޞާލިހާއެކު އެމަނިކުފާނުގެ އަރިހުގައި މިއަދު ތިއްބެވި ބައެއް މަޖިލީސް މެމްބަރުންނާއި، ވަޒީރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ވެސް މަގުމަތިވެގެންދާނެ ކަމަށެވެ. 

ރައީސް ޞާލިހުގެ އަރިހުގައި މިއަދު ތިއްބެވި ފަރާތްތަކަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ، އަދި ކޮރަޕްޓު ބައެއްގެ ގޮތުގައި އީވާ ވަނީ ސިފަކުރައްވާފަ އެވެ. 

"ވެރިކަން ނިމޭއިރު ދެން މަގުމަތިވާނީ ކޮންޓްރެކްޓަށް ނަފްސު ވިއްކާލި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ވެރިކަން ނިމޭއިރު މަގުމަތިވާނީ ރޯލެކްސް ގަޑިއަކަށް ކުންފުނީގެ ތިޖޫރި ޖަހާލި އެމްޑީން، ވެރިކަން ނިމޭއިރު ދެން މަގުމަތިވާނީ ފެނަކައިގެ ވައްކަމާއި އާރުޑީސީގެ ވައްކަމާއި ވެންޓިލޭޓަރު ވައްކަމާއި މަތިޖަހާދިން ނުވަތަ މަގުފަހިކޮށްދިން ވަޒީރުން"

މެމްބަރު އީވާ އަބްދުالله 

އީވާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފަހު ދެން ޔަގީނުން ވެސް އުފެދިގެންދާނީ ދަ ޑިމޮކްރެޓްސް ހިއްސާވާ، އަދި އެ ޕާޓީން ފުރިހަމަޔަށް ބަސްކިޔާ ވެރިކަމެއް ކަމަށެވެ. 

މި ވެރިކަމަށް ފަހު ޔަގީނުންވެސް ދަ ޑިމޮކްރެޓްސްގެ މެމްބަރުން މަގުމައްޗެއް ނުވާނެ ކަމަށާއި، އެކަން ޔަގީންކުރައްވާކަމަށް އީވާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.