އިމްތިޔާޒު ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ދަ ޑޮމިކްރެޓްސް
ހަބަރު
10 Jul 2023 | 09:40
އިމްތިޔާޒް ރައީސް ޞާލިހަށް: މަނިކުފާނު 5 އަހަރު ނިމެނީޔޭ! ކީއްހޭ ތި ކުރީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަތުމަށް ވީ ބޮޑެތި ވައުދުތައް ދައުރު ނިމެންދާއިރު ވެސް ފުއްދަވާދެއްވާފައި ނުވާނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ގިނަ ސުވާލުތަކެއް އަމާޒުކުރައްވައިފި އެވެ. 

ހައުސް އޮފް ދަ ޑިމޮކްރެޓްސް ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންތި ވަނީ ވެރިކަމަށް ވަޑައިގަތުމަށް ރައީސް ޞާލިހު ރައްޔިތުންނަށް ވީ ވައުދުތައް މަތިން ހަނދުމަފުޅު ނައްތަލާލެއްވުމަށްފަހު އަނެއްކާވެސް ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވަމުންދާތީ ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުކުރައްވާފަ އެވެ. 

އެގޮތުން އިންތި ވިދާޅުވީ ރައީސް ޞާލިހު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގެ ނަމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަ ބަލާ އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެކަމަށް ވައުދުވެގެން ކަމަށެވެ. 

ރައީސް ޞާލިހު ވިދާޅުވެފައިވަނީ ވެރިކަމަށް ހުވާކުރައްވާތާ ދެ އަހަރު ދުވަހުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލައި އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާ އެ ޚިޔާނާތުގެ ތެރެއިން ދައުލަތުން ގެއްލިގެން ދިޔަ ފައިސާ އަނބުރާ ހޯއްދަވާދެއްވާނެ ކަމަށެވެ. 

އެކަމަށް އިޝާރާތް ކުރައްވާ އިންތި ވަނީ ފަސް އަހަރުގެ ދައުރެއް ނިމެންދާއިރު އެ ވައުދު ފުއްދާނުދެވުނީ ކޮން ސަބަކާއި ހުރެތޯ ސުވާލު ކުރައްވާފަ އެވެ. 

"ތަބަކަށް ލާފައި ވެރިކަން ދެއްވީމާ 5 އަހަރު ދައުރު ނިމުނު އިރު ކީއްހޭ ކުރީ؟ ބޮޑު ވައުދު ކަމުގައިވާ ބަލަން އުޅުނު ޚިޔާނާތުގެ މައްސަލައަށް ކިހެނެއް ހޭ ހެދީ؟ 5 އަހަރު މިޔޮއް ދަނީ.. 5 އަހަރު ނިމިގެންދަނީ ބައި ސެންޓެއް ވެސް އަނބުރާ ތިޖޫރިއަށް ވެއްދުނުހޭ؟ ކީއްހޭ ތި ކުރީ؟"

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

ވައްކަމާއި ކޮރަޕްޝަނަށް ދެއްވާނީ ޒީރޯ ޓޮލަރެންސްކަމަށް ރައީސް ޞާލިހު ވިދާޅުވެފައިވާއިރު، 5 އަހަރުގެ ދައުރެއްގައި ކޮރަޕްޝަންގެ މައްސަލަތައް ނުބެލުނީ ކޮން ސަބަބަކާއި ހުރެތޯ ވެސް އިންތި ވަނީ ސުވާލު ކުރައްވާފަ އެވެ. 

އެގޮތުން ކުރީ ސަރުކާރުން އަޅާފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ ބޮޑު ކޮރަޕްޝަނެއް އެކުލެވޭ މަޝްރޫއެއްކަމަށް ސިފަކުރައްވާ އެ މައްސަލަ ބަލާނެކަމަށް ރައީސް ޞާލިހު ވައުދުވި ކަމަށާއި، ވެރިކަމަށް އައިސް އެ މައްސަލަ ނުބެލުނުތާގައި، އެފަދަ އިމާރާތެއް އަޅާދެވިފައި ނުވާކަމަށް އިންތި ވިދާޅުވި އެވެ.

"އަޅުގަނޑު ހަނދާން އެބަހުރި.. ގާތްގަނޑަކަށް ހުރިހާ ދަތުރުތަކެއްގައި ރިޔާސީ އިންތިޚާބުގައި ބައިވެރިވެވުނު.. އޭރުގެ ރިޔާސީ ކެންޑިޑޭޓު (ރައީސް ޞާލިހު) ވިދާޅުވަމުން ދިޔައީ ތިމަންމަނިކުފާނު ނިސްބަތްވާ ކޮމެޓީއަކުންނޭ ދަރުމަވަންތަ ހޮސްޕިޓަލުގެ މައުލޫމާތު ލިބިވަޑައިގެންފަ އޭ ވަނީ. ދެގުނަ ބޮޑު ކޮރަޕްޝަނެއް ހިންގައިގެނޭ ދަރުމަވަންތަ ހޮސްޕިޓަލު ހަދާފައި އެވަނީ. ވެރިކަމަށް ވަޑައިގެން 5 އަހަރު ނިމެނީ އޭ ކޮރަޕްޝަނަށް ކިހެނެއްހޭ ހެދީ؟ ކޮރަޕްޝަންގެ މައްސަލައެއް ބެލުނީކީ ނޫން، ނުބެލުނުތާގައި އެފަދަ ހޮސްޕިޓަލެއް ވެސް ހެދުނީކީ ނޫން. ކީއްހޭ ބަލަ ތިކުރީ؟"

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

އޭގެ އިތުރުން މި ސަރުކާރަކީ ގޮތް ނޭނގޭ މަރުތަކަށް އިންސާފު ހޯދައިދިނުމުގެ ވައުދުވެގެން ގެނައި ސަރުކާރަކަށް ވާއިރު، ގޮތް ނޭނގޭ މަރުތަކަށް އިންސާފު ހޯދައިދިނުމުގެ ވައުދު އޮތީ ކިހާ ހިސާބެއްގައިކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށާއި، އެ ވައުދުތައް ފުއދާ ނުދެވުނީ ކޮން ސަބަބަކާއި ހުރެތޯ އިންތި ވަނީ ސުވާލު ކުރައްވާފަ އެވެ. 

"ގެއްލުވާލާފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ އާއިލާތަކަށް ހޯދައިދިން ތަސައްލީއެއް ކޮބައިހޭ؟ ކީއްހޭ ތި ކުރީ؟ 5 އަހަރު ނިމިދަނީ ބަލަންތިއްބާ 5 އަހަރު ނިމިދަނީ"

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

އެކަންކަން ފާހަގަކުރައްވާ އިންތި ވިދާޅުވީ ފެންނަ ފެނުމަށް އެމަނިކުފާނު ވެރިކަމުގެ 5 އަހަރުގައި ކުރެއްވި މައިގަނޑު ކަމަކީ ފޮޓޯފުޅު ނެންގެވުންކަމަށެވެ. 

މި ވެރިކަން ރައްޔިތުން ބަދަލުކުރުމަށްފަހު އެމަނިކުފާނަށް ރައްޔިތުން ދެއްވާނީ ފޮޓޯގަނޑެއްގެ ބުރަދަން ކަމަށާއި، އެ ނޫން ގޮތަކަށް ކުރިއަށް އޮތް ތަނުގައި އެމަނިކުފާނުގެ ބޭނުމެއް މި ގައުމަކުން ނުހިފާނެކަމަށް އިންތިގެ ވާހަކައިގައި ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.