ރޭގެ ޖަލްސާގައި ދާޚިލީ ވަޒީރު ޢިމްރާން ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
10 Jul 2023 | 11:05
އުފާވެރި ރާއްޖެއެއް ލިބޭނީ ރައީސް ޞާލިހު އާއި އެކު ކަމަށް ކޮންމެ ދިވެއްސެއްވެސް ގަބޫލު ކުރޭ: ޢިމްރާން

ދިވެހިން ބޭނުން ވަނީ އުފާވެރި އަމާން މުސްތަޤްބަލެއް ކަމަށާއި އެމްޑީޕީ ކޯލިޝަނުން ބޭނުންވަނީ އަމާން އުފާވެރި ރާއްޖެއެއް ކަމަށް ދާޚިލީ ވަޒީރު އަދި އެމްޑީޕީ ކޯލިޝަންގެ އެއް ބައިވެރިޔާ ޢަދާލަތު ޕާޓީގެ ރައީސް ޝެއިޙް ޢިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ޢިމްރާން މިހެން ވިދާޅުވީ ރައީސް ޞާލިޙްގެ ރިޔާސީ ކެމްޕޭނު "އުފާވެރި އަމާން ރާއްޖެއަކަށް" ރަސްމީކޮށް ފެށުމަސް ށ ފޯކައިދޫގައި  ބޭއްވުނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޢިމްރާން ވިދާޅުވީ އުފާވެރި ދުވަސްތަކެއް، އުފާވެރި ރާއްޖެއަށް، ރާއްޖެއަށް ލިބިގެންދާނީ ރައީސް ޞާލިޙާއި އެމަނިކުފާނުގެ ޓީމާއި އެކުގައި ކަމަށް ހަޤީޤަތް ޤަބޫލުކުރާ ކޮންމެ ދިވެއްސަކު ޤަބޫލު ކުރާނެ ކަމަށެވެ.

ރައީސް ޞާލިޙް ވަނީ ފުރަތަމަ ފަހަރަށް ދައުރެއް ނިމެންދެން ކޯލިޝަނަކީ އެކުގައި މަސައްކަތް ކުރެވޭ އެއްޗެއްކަން ސާބިތުކޮށްދެއްވަފައި ކަމަށް ޢިމްރާން ވިދާޅުވިއެވެ. ދައުރެއް އެއްކޮށްނިންމާ ކޯލިޝަނަކާއިއެކު ފުރަތަމަ ރިޔާސީ އިންތިޚާބަށް ނުކުންނެވި ރައީސަކީ ރައީސް ޞާލިޙް ކަމަށް ވެސް ޢިމްރާންގެ ވާހަކައިގައި ވިދާޅުވިއެވެ.

ޢިމްރާން ވިދާޅުވީ ކޯލިޝަނެއް ދެމި އޮންނަނީ އޭގަ މުހިންމު ސިފަތަކެއް އޮވެގެން ކަމަށެވެ.

އެގޮތުން ކޯލިޝަންގެ ބައިވެރިން އެއްބަޔަކު އަނެއްބަޔަކަށް އިޚްތިރާމް ކުރާ ބަޔަކަށްވެ، ކޯލިޝަންގެ ބައިވެރިންނަކީ ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކާއި ކަންކަމުގައި މަޝްވަރާ ކުރާ ބަޔަކަށް ވެ، ކޯލިޝަންގެ ބައިވެރިންނަކީ އެއްބަޔަކު އަނެއްބަޔަކަށް ޓޮލެރޭޓް ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

އަދި  ކޯލިޝަންގެ ބައިވެރިންގެ އެންމެ މުހިންމު ސިފައަކީ އެންމެންގެ ތަފާތު ތައް ނައްތާލާ ޤައުމީ މަސްލަޙަތު އިސްކޮށްގެން ޤައުމާއިގެން ކުރިއަށް ދިޔުމުގެ އުފެއްދުންތެރިކަން އިސްކުރުން ކަމަށާއި ރައީސް ޞާލިޙް ވަނީ  ސާބިތު ކޮށްދެއްވާފައި ދާޚިލީ ވަޒީރު ޢިމްރާންގެ ވާހަކައިގައި ވިދާޅުވިއެވެ.

"ރާއްޖެ ދެކެމުން މިދާ ހުރިހާ އުފަލަކާއި ހުރިހާ ތަރައްޤީއަކާއި ކުރިއެރުން މިގެނެސްދިނީ މިކޯލިޝަންގެ އެންމެ އެކުވެ ބައިވެރިވެގެން މިއަދާއި ހަމައަށް ގެންގޮސްދެވުނީމަ" ޢިމްރާން ވިދާޅުވިއެވެ.

ރޭ ފޯކައިދޫގައި ބޭއްވުނު ކެމްޕޭނު ރަސްމީކޮށް ފެށުމުގެ ޖަލްސާގައި ދައުލަތުގެ ގިނަ ވަޒީރުންތަކެއް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ނައިބު ރައީސް ފައިސަލް ނަސީމާއި ކޯލިޝަންގެ އަނެއް ބައިވެރިޔާ އެމްޑީއޭގެ ލީޑަރ މީދޫ ދާއީރާގެ މެމްބަރު އަހްމަދު ޝިޔާމްވެސް ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.