މިނިސްޓަރު އިމްރާނު ފޯކައިދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
10 Jul 2023 | 11:54
ކޯލިޝަންގައި ފަނިއަޅައި ފަރުދާވޭން ޖެހުނު، އެކަމަކު ބަލި ފަސޭހަވާއިރު ލަކުނުވެސް ނުހުންނާނެ: އިމްރާނު

މި ސަރުކާރު ކޯލިޝަނުގައި ވެސް ފަނިއަޅާ ހިތިފަތް ޖަހައިގެން ފަރުވާދޭން ޖެހުނު ކަމަށް ސަރުކާރުގެ ކޯލިޝަން ޕާޓުނަރު، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާނު އަބްދުالله ވިދާޅުވެއްޖެ އެވެ. 

އިމްރާނު މިފަދައިން ވިދާޅުވެފައިވަނީ ށ. ފޯކައިދޫގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އިމްރާނު ވިދާޅުވީ ރައީސް ޞާލިހަކީ ކޯލިޝަނަށް ވަރަށް ބޮޑަށް އިޚްތިރާމު ކުރައްވާ ލީޑަރެއްކަމަށެވެ. މިހާތަނަށް ވެރިކަމަށް ކޯލިޝަން ހަދައިގެން އައިސް އެ ކޯލިޝަން ދެމެހެއްޓީ ހަމައެކަނި ރައީސް ޞާލިހު ކަމަށާއި، އެމަނިކުފާނަށް އެކަން ކުރެވުނީ ކެތްތެރިކަން އިސްކުރެއްވުމަށްކަމަށް އިމްރާނު ވިދާޅުވި އެވެ. 

އެވާހަކައާއި ގުޅުވާ އިމްރާނު ވިދާޅުވީ ރައީސް ޞާލިހުގެ ކޯލިޝަން ސަރުކާރުގައި ވެސް ފަންޏެއް އެޅިކަމަށެވެ. އަދި ހިތިފަތް ޖަހައިގެން ފަރުވާ ވެސް ދޭން ޖެހުނުކަމަށެވެ. 

އެހެން ނަމަވެސް ބަލި ފަސޭހަވެގެންދާއިރު ލަކުނުވެސް ނުހުންނާނެކަމަށް އިމްރާނު ވިދާޅުވި އެވެ. 

މިނިސްޓަރު އިމްރާނު ވާހަކަދައްކަވަނީ

"ވޭތުވެ ދިޔަ ދުވަސްކޮޅުގައި ކޮންމެވެސް ވަރެއްގެ ފަންޏެއް އަޅައިގެން ހިތިފަތް ޖަހައިގެން ބައެއް ފަނިތަކަށް ފަރުވާދެވިފައި ވާކަމީ ހިތާމަކުރާ ކަމެއް. އެހެން ނަމަވެސް އަޅުގަނޑު ޤަބޫލުކުރަނީ އެއްކޮށް ބަލި ފަސޭހަވެ ރަނގަޅުވެގެންދާއިރު އެންމެ ލަކުނެއް ވެސް ނުހުންނާނެ ކަމަށް"

ކޯލިޝަން ޕާޓުނަރު އިމްރާނު 

އިމްރާނު މިފަދައިން އިޝާރާތްކުރެއްވީ އެމްޑީޕީެ ރިޔާސީ ޕްރައިމަރީއާއި ގުޅިގެން ޕާޓީގެ ދެ ރައީސުންގެ މެދުގައި އުފެދުނު ވާދަވެރިކަން ބޮޑުވެ ޕާޓީ ދެބައިވެގެން ދިޔަ ދިއުމަށް ކަމަށް ބެލެވެއެވެ. 

އެމްޑީޕީގައި ތިއްބަވާ ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވަނީ ރައީސް ޞާލިހަށް ވަރަށް ގިނަ ތުހުމަތުތައް ކުރައްވާފަ އެވެ. އެމަނިކުފާނުގެ ނާގާބިލުކަމުގެ ވާހަކައާއި ވައުދުތައް ނުފުއްދާ ވާހަކަތަކުގެ އިތުރުން، އިންތިޚާބުތަކަށް ރައީސް ޞާލިހު ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ޕްރައިމަރީ އިންތިޚާބު ވެސް ގަޑުބަޑުކޮށްފައިވާކަމުގެ ތުހުމަތުތައް ނަޝީދަށް ތާއީދުކުރައްވަމުން ގެންދެވި މެމްބަރުން އޭރުވެސް ދިޔައީ ކުރައްވަމުން ނެވެ. 

އެފަހުން ނަޝީދަށް ތާއީދުކުރައްވާ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ވަނީ އެމްޑީޕީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. އަދި ނަޝީދުވެސް ޕާޓީ ދޫކުރައްވާ ވަޑައިގެން މިހާރު ވަނީ ދަ ޑިމޮކްރެޓްސްގެ މަސައްކަތްތަކާއި ގުޅިވަޑައިގެންފަ އެވެ. 

ބަލި ފަސޭހަވާއިރު ލަކުނުވެސް ނުހުންނާނެކަމަށް އިމްރާނު އެ އިޝާރާތްކުރެއްވީ ރައީސް ނަޝީދާއި ނުލާ އެމްޑީޕީ ހިންގަމުންދާއިރު އެ ފަޅުކަން އިހުސާސް ނުކުރެވޭ ވާހަކައަށް ކަމަށް ބެލެވެއެވެ. އަދި ނަޝީދާއި ނުލާ ވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވިދާނެކަމަށް އިމްރާނު ވަނީ ވިދާޅުވެފަ އެވެ. 

އިމްރާނު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު އެއްބުރުން ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި އެމަނިކުފާނަށް މިއިންތިޚާބު ކާމިޔާބުކޮށްދިނުމަށް ވަރަށް ބުރަކޮށް ކެމްޕޭނު ޓީމުތަކުން މަސައްކަތްކޮށްދިނުމަށް ވެސް އިމްރާނު ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.