ރޭގެ ޖަލްސާގެ ތެރެއިން--ފޮޓޯ/ އެމްޑީޕީ
ހަބަރު
10 Jul 2023 | 13:13
ވާދަވެރިންނަށް ލިބޭނެ ވޯޓެއް ނެތް؛ ބޮޑުތަނުން މިކަން ނިމިއްޖެ: ޝާހިދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެންޕެއިނަށް އިއްޔެ ދަތުރުކުރި ރަށްތަކުން ވާދަވެރިންނަށް ލިބޭނެ ވޯޓެއް ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިހު ގެ ރިޔާސީ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ރޭ ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން ޝާހިދު ވިދާޅުވީ، އަދުގެ ސަރުކާރުގެ ވާދަވެރިން އުޅެނީ މިހާރު ވިއްކާނެ އެއްޗެއް އަދި ދައްކާނެ ވާހަކައެއް ނެތިގެން ކަމަށެވެ. އެހެންކަމުން އެފަރާތްތައް މިހާރު އުޅެނީ ބޮލަށް ދޮލަނގެއް ލައިގެން، ދޮލަނގަށް ފިތުނަ ލައިގެން އެ ވިއްކޭތޯ ކަމަށާ، އެހެން ނަމަވެސް މިއަދު ދިވެހި ރައްޔިތުން އެ ފިތުނައެއް ބަލައި ނުގަންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނާ ވާދަކުރައްވަން ގަސްތު ކުރައްވާ ބައެއް ބޭފުޅުން ނުކުމެ ވަޑައިގެން ދައްކަވާނެ ވާހަކައެއް ނެތީގެން، އަޅުގަނޑު އަބަދުވެސް ދަންނަވާހެން،  ބޮލަށް ދޮލަނގެއް ލައިގެން، ދޮލަނގަށް ފިތުނަ ލައިގެން އެ ވިއްކޭތޯ އުޅެނީ. މިއަދު ދިވެހި ރައްޔިތުން އެ ފިތުނައެއް ބަލައި ނުގަންނާނެ"

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު 

މިއާއެކު ޝާހިދު ވަނީ، އެމްޑީޕީއާއި ވާދަކުރަން ބޭނުން ނަމަ، ހަރުދަނާ ސިޔާސަތަކާއިއެކު ނުކުމެ ވަޑައިގެން ވާދަކުރެއްވުމަށް އިދިކޮޅަށް ގޮވާލައްވާފައެވެ. އެހެން އެގޮތަށް ކަން ނުކޮށްފި ނަމަ ބޮޑުތަނުން ބަލި ވާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނާ ވާދަކުރައްވަން ބޭނުންފުޅުވާނަމަ ނިކަން ހަރުދަނާ ސިޔާސަތެއް ހިއްޕަވައިގެން ނުކުމެވަޑައިގެން ބައްލަވާ. އެހެން ނޫނިއްޔާ އެވަނީ ބޮޑުތަނުން ބަލިވެފައި. ބޮޑުތަނުން މިރޭވެސް ފަށާއިރު އެވަނީ ބަލިވެފައި. މިއަދު މިދިޔަ ހަތަރު ރަށުން އަޅުގަނޑުމެންގެ ވާދަވެރިންނަށް ލިބޭނެ ވޯޓެއް ނެތް. ބޮޑުތަނުން ނިމިއްޖެ މިކަން"

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު 

ދިވެހިރާއްޖޭ އާއި އިންޑިއާ އާއި ދެމެދު ގާއިމް ކުރަމުންދާ ގުޅުމާަައި ގުޅިގެން އިދިކޮޅުން ހިންގަމުންދާ ހަރަކާތް ތަކާއި، ފޯޅަވަހީގެ މައްސަލާގައި ކަނޑުން ބައެއް ގެއްލިއްޖެ ކަމަަށް ބުނެ ދައްކާ ވާހަކަތަކަކީ ފިތުނަ އުފެއްދުމަށް ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި މީގެ ކުރިންވެސް ޝާހިދު ވަނީ ސިފަކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.