ފޮޓޯ: މޯލްޑައިވާސް
ވިޔަފާރި
11 Jul 2023 | 16:00
މަސްވެރިންނަށް ޕްރޮފެޝަނަލް ޑައިވިން ޕްރޮގްރާމްތަކެއް މޯލްޑައިވާސް ޑައިވިން ސެންޓަރުން ތައާރަފްކޮށްފި

މާލެ އަތޮޅު ދިއްފުށީގައި ހުންނަ މޯލްޑައިވާސް ޑައިވިން ސެންޓަރުން ދިވެހި މަސްވެރިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕްރޮފެޝަނަލް ޑައިވިން ޕްރޮގްރާމްތަކެއް ފަށަން ނިންމައިފި އެވެ.

މިކަމާއި ގުޅޭގޮތުން މޯލްޑައިވާސް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިކަން ތައާރަފް ކުރަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޯރުކޮށްދޭ ދީލަތި އެހީގެ ތެރެއިން ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށާއި ބައިވެރިވުމަށް މޯލްޑައިވާސްގެ ނަމްބަރު 7777532 ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރެއްވުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.

މޯލްޑައިވާސް އަކީ، މަތީ ފެންވަރުގެ ސްކޫބާ ޑައިވިން ތައުލީމާއި ސެޓިފިކޭޝަނަށް މަޝްހޫރުވެފައިވާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމިއްޔާއެއް ކަމަށްވާ ސްކޫބާ ސްކޫލްސް އިންޓަނޭޝަނަލް (އެސްއެސްއައި) އާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ ޒަމާނީ ޓީޗިން ޓެކްނިކްސް ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އިސްކަންދޭ ސެންޓަރެކެވެ.

މޯލްޑައިވާސްއިން މިހާރު ރާއްޖޭގެ މަސްވެރިންނަށް އޯޕަން ވޯޓާ ޑައިވަރ، އެޑްވާންސް، ފަސްޓް އެއިޑް، ރެސްކިއު އަދި ޑީޕް ޑައިވަރު ކޯސްތައް ހިމެނޭ ގޮތަށް އެސްއެސްއައި ޑައިވް ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

މި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިންގެ ކުރިން ސްކޫބާ ޑައިވިން ސެޓްފިކެޓާއި ތަޖުރިބާއަށް ރިއާޔަތްކުރާ ކަމަށް އެ ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ.

24 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ލޯކަލް ޑައިވަރުން ކާމިޔާބުކަމާއެކު ތަމްރީނުކުރުމުގެ ރެކޯޑެއް އޮތް މޯލްޑައިވާސްއިން މުޖުތަމަޢުގެ ތެރޭގައި ވަރަށް ބޮޑަށް ގުޅި އަދި ތަމްރީނުގެ ތަފާތު ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރާ ކަމަށް އެސެންޓަރުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.