ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް
ހަބަރު
12 Jul 2023 | 14:08
ފަރުދާގެ ބިއްދަށުގައި ހިނގަމުންދާ ޖަރީމާތައް ހާމަ ކުރުމަށް އެބަ ތައްޔާރުވަން: އިބްރާހިމް އިސްމާއިލް

ފަރުދާގެ ބިއްދަށުގައި ސަރުކާރުން ހިނގަމުންދާ ޖަރީމާތައް ހާމަ ކުރުމުގެ ސިލްސިލާއެއް ތައްޔާރުކުރަމުން ދާކަމަށް އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްގެ ބޭބެ އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އެގޮތުން އެމްޑީޕީގެ ރައީސްކަން ކުރިން ކުރެއްވި އިބްރާހިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ތަރައްޤީގެ ޕްރޮޖެކްޓްތަކަށް" ރައްޔިތުންގެ ލޯތައް ހުއްޓުވާފައި، ފަރުދާގެ ބިއްދަށުގައު ދައުލަތް ފުނޑުކުރަމުން، ހިނގަމުންދާ ޖަރީމާތައް ހާމަ ކުރުމުގެ ސިލްސިލާއެއް ތައްޔާރުކުރަމުންދާ ކަމަށެވެ.

މިއާއިއެކު އިބްރާހިމް ވަނީ ޙަޤީޤަތް ހާމަކުރުމުގެ ސިލްސިލާ އެއް އަންނާނެ ކަމަށް ވިދާޅުވެ އެކަމަށްޓަކައި އޭނާގެ އެކައުންޓަށް ފޮލޯކުރުމަށް އެދިފައެވެ.

އިބްރާހިމް އަކީ ކުރީގައި ހާއްސަ މަޖިލީހުގެ މެމްބަރެކެވެ. އެގޮތުން ގާނޫނު އަސާސީ އިސްލާހު ކުރާ ކޮމިޓީގެ މުގައްރިރު ކަން އިބްރާހިމް ވަނީ ކުރައްވާފައެވެ.

ފައްޔާޒްއަކީ ރައީސް ޞާލިހުއަށް ތާއީދުކުރައްވާ އެމަނިކުފާނަށް ކެމްޕެއިން ކުރެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކު ނަމަވެސް އިބްރާހިމް އަންނަނީ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ ޓްވީޓުތައް ކުރަމުންނެވެ.

ކޮމެންޓް
ހަސަޏާ
ކަލޭ ބަދަލެއްގެ ގޮތުގައޭ ކިޔާފަ ނުހައްގު ކިތައްމިލިއަންތޯ ދައުލަތުން ކާލީ ދެންކޮށް ވާހަކެތް .
13 Jul 2023
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.