ރައީސް ޞާލިހު ގުރައިދޫ ކެންޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ
ހަބަރު
13 Jul 2023 | 16:32
ރައްޔިތުން ބޭނުންވާ ކަންކަމަށް ހުރަސް އަޅާ ބަޔަކަށް ޖާގަ ދޭކަށް ދެން ނެތިން: ރައީސް ޞާލިހު

ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަންކަމަށް ހުރަސް އަޅާ ބަޔަކަށް، ޖާގައެއް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ، އެ މަނިކުފާނުގެ ރިޔާސީ ކެންޕެއިނަށް ކ. ގުރައިދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

އެގޮތުން، ރައީސް ޞާލިހު ވިދާޅުވީ، ފާއިތުވި، 2018 ވަނަ އަހަރުގެ ރިޔާސީ ކެންޕެއިންގައި ގުރައިދޫގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއްވެސް ގާތްގަނޑަކަށް ފުރިހަމަވެ ނިމިފައިވާ ކަމަށެވެ. އެގޮތުން އެ ކެންޕެއިންގެ ތެރެއިން އެރަށުގެ ރައްޔިތުން އެމަނިކުފާނުގެ އަރިހުން އެދިލެއްވި އެއް ކަމަކީ ރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް އެ ރަށުގެ ބިން ހިއްކައި، އެ ރަށް ކައިރީގައި ރަށުގެ ރައްޔިތުން ދަތުރު ދާނެ ޕިކްނިކް އައިލެންޑެއް ހެދުން ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްދީ ނިންމާފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އެހެންނަމަވެސް، ގުރައިދޫ ކައުންސިލުން މިހާތަނަށް ވެސް އެ ރަށުގެ ރައްޔިތުންނަށް ބިން ދޫކޮށްފައި ނުވާކަށް އެމަނިކުފާނު ވަނީ ހިތާމަޔާއިއެކު ފާހަގަކުރައްވާފައެވެ. 

ބިންހިއްކީ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް. ލޯކަލް ގާނޫނުގައި އޮންނަ ގޮތުން ރަށްރަށުގެ ބިން ކަނޑައި ރައްޔިތުންނަށް ދޫ ކުރުމަކީ ކައުންސިލުގެ ޒިންމާއެއް. މިހާތަނަށް އައި އިރުގައިވެސް ކައުންސިލުން އެކަން ނުކޮށް އޮތުމަކީ އަޅުގަނޑު ހިތާމަ ކުރާ ކަމެއް. ސަރުކާރުން އެ އޮތީ ބޮޑު ބިމެއް ހިއްކާދީފައި. ރައްޔިތުން މި ރަށުން ބޯހިޔާވަހިކަން ބޭނުންވޭ. ގޯތި ބޭނުންވޭ. ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް މިރަށަކު ނެތް. އަޅުގަނޑު ދަންނަވާނީ އެކަން ކައުންސިލަށް ނުކުރެވޭ ކަމަށް ވަންޏާ، ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް، ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހު ވިދާޅުވީ، ކަންކަން މިހެން ހުރުމުން ކުރިއަށް އޮތް ތަނުގައި، ރައްޔިތުން ބޭނުންވާ ކަންކަމަށް ހުރަސްއަޅާ ބަޔަކަށް ކުރިއަށް އޮތް ތަނުގައި ޖާގަ ނުދެއްވާނެ ކަމަށެވެ. 

ރައްޔިތުން ބޭނުންވާ ކަންކަމަށް ހުރަސް އަޅާ ބަޔަކަށް އަޅުގަނޑުމެން ޖާގައެއް ދޭކަށް ދެން ނެތިން. އަޅުގަނޑަށް ހަމަ ޔަގީން، ކުރިއަށް އޮތް އިންތިހާބު ތަކުގައި، މި ރަށުގެ ރައްޔިތުން އެކަން ދަންނާނެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށް ވިޔަސް، ރިޔާސީ އިންތިހާބު ކަމަށް ވިޔަސް، ކައުންސިލް އިންތިހާބު ކަމަށް ވިޔަސް. ރައްޔިތުންނަށް ހެޔޮ އެދޭ، ރައްޔިތުންގެ މުހުތާދުތައް ފުއްދައިދޭ ބަޔަކު ނޫނިއްޔަކާ، ރައްޔިތުން ދެނެއް މިރަށަކަށް ނު ހޮވާނެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، ގުރައިދޫ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި، ފުލެޓް އެޅުމުގެ މަޝްރޫއު އެއް ހިންގުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށެވެ. 

އަދި މީގެ އިތުރުން، އެ ރަށުގެ ޒުވާނުންނަށްޓަކައި، ފުރިހަމަ ވަސީލަތްތައް ހިމެނޭ ޒުވާނުންގެ މަރުކަޒެއް ގާއިމް ކޮށްދެއްވާނެ ކަމަށާ، ގުރައިދޫގެ ބަނދަރުގައި ނެރެއް ކަނޑައި ބޭރު ތޮށިލައި، ބަނދަރުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރެވޭނެގޮތް ހަދައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.