ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހާއިއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ރައީސް ސިޔާމް އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله އެމަނިކުފާނާއި އެކުގައި--
ހަބަރު
13 Jul 2023 | 16:40
މީ ތާރީހުގައި ވެސް ހެދުނު މެމްބަރުން އެންމެ ގިނަ ކޯލިޝަން: ރައީސް ޞާލިހު

އެމްޑީޕީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭ އާއި އެކު ހަދާފައިވާ ކޯލިޝަނަކީ ރިޔާސީ އިންތިޚާބަކަށް ނިކުތުމަށް ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެސް ހެދުނު އެންމެ މެމްބަރުން ގިނަ ކޯލިޝަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ އެމަނިކުފާނު ކ. އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ޞާލިހު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ގުރައިދޫ ދާއިރާގެ މެޖޯރިޓީ އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާކަމަށެވެ. 

އެހެން ނަމަވެސް ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ވިސްނުމަށް ފާއިތުވެ 4 އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރައްވާނީ ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ބޮޑު ހިއްސާއަކާއި އެކުގައިކަމަށް މިހާރު ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ރައީސް ޞާލިހު ވިދާޅުވީ ނިމިގެންދިޔަ ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި އެމްޑީޕީން ވާދަކުރީ އަދާލަތާއި އެމްޑީޕީއޭ އާއި އެކުގައި ކަމަށެވެ. އަދި އެ އިންތިޚާބު ބޮޑުތަނުން އެމްޑީޕީން ކާމިޔާބު ވެސް ކޮށްފައިވާ ކަމަށެވެ. 

ރިޔާސީ އިންތިޚާބަށް އަނެއްކާވެސް އެމްޑީޕީއާއި އަދާލަތާއި އެމްޑީއޭ ނިކުންނައިރު މިއީ ރިޔާސީ އިންތިޚާބަކަށް މިހާތަނަށް ނިކުންނަ އެންމެ މެމްބަރުން ގިނަ ކޯލިޝަން ކަމަށާއި، މި ކޯލިޝަނާއެކު ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތްކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

"ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި އަނެއްކާވެސް އަޅުގަނޑުމެން މި ނިކުންނަނީ އޭރު (ގުރައިދޫ ބައި-އިލެކްޝަން) ގައި އެއްބަސްވި ގޮތަށް. މީ ރާއްޖޭގެ ތާރީހުގައި އިންތިޚާބަކަށް ކުރިމަތިލާ އެންމެ ގިނަ މެމްބަރުން ތިބި ކޯލިޝަން. މިހާތަނަށް މިހާ ވަރަށް މެމްބަރުން ގިނަ ކޯލިޝަނެއް ރާއްޖޭގެ ތާރީހުގައި ހެދިފައެއް ނެތް" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ އަމާޒަކީ ވޯޓުލާން ފަށާއިރު އެއްލައްކަ މެމްބަރުންގެ ވޯޓުން ފެށުން ކަމަށެވެ. އަދި ކުޑަ ކުޑަ މަސައްކަތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.