ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: އެމްޑީޕީ
ހަބަރު
13 Jul 2023 | 18:16
އެއްބުރުން އިންތިޚާބު ކާމިޔާބު ކުރާނަން، އަމާޒަކީ އެއްލައްކަ ވޯޓުން ފެށުން: ރައީސް ޞާލިހު

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށާއި، އިންތިޚާބުގައި ވޯޓުލާން ފައްޓަވާނީ ވެސް އެއްލައްކަ ވޯޓާއި އެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

މި ރިޔާސީ އިންތިޚާބަށް ރައީސް ޞާލިހު ނިކުންނަވަނީ އަދާލަތާއި އެމްޑީއޭއާއި އެމްޑީޕީ ހިމެނޭ ކޯލިޝަނަކާއި އެކުގައެވެ. 

އެމަނިކުފާނު ވިދާޅުވީ އެއީ މިހާތަނަށް ރިޔާސީ އިންތިޚާބަށް ނިކުންނަ މެމްބަރުން އެންމެ ގިނަ ކޯލިޝަން ކަމަށެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަަމަ ބުރު އެމަނިކުފާނު ފައްޓަވާނީ ވެސް އެއްލައްކަ ކޯޓުންކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ އެދުވަހު (9 ސެޕްޓެމްބަރު) ގައި އެއްލައްކަ ވޯޓުން ފެށުން. ހަމަކޮށްލަން ދެން ޖެހޭނީ ކުޑަކުޑަ ތަންކޮޅެއް. އަޅުގަނޑު ހިތުން މާލެ އަތޮޅުން އެކަނިވެސް އެވަރު ކުރެވޭނެ"

ރައީސް ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ތަރައްގީއާއި އަމާންކަން މަތީގައި ދިރިއުޅެން ކަމަށެވެ. 

2018 ވަނަ އަހަރުވެސް ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރީ އެ މަސްއޫލިއްޔަތު ކަމަށާއި، އެކަން ފާއިތުވި 4 އަހަރު އެކަށީގެންވާ މިންވަރަކަށް ކޮށްދެވިއްޖެކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެގޮތުން ޝަރުއީ ދާއިރާއަށް އޮތް ނުފޫޒާއި ޙިޔާލުފާޅުކޮށްގެން ޖަލަށް ދާން ޖެހުމާއި، ސިޔާސީ ލީޑަރުންނަށް ދައުވާކުރުމަކީ މާޒީގެ ތެރެއަށް މިހާރު ދޫކޮށްލެވިފައިވާ ކަންކަމުގެ ގޮތުގައި ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ މި އަމާންކަން ދެމެހެއްޓުމުގެ ބާރު މިހާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. 

ކޮމެންޓް
ދަރަނި ދަންތުރަ
ނާނަ ހުވަފެން ދުށީމޭ ޗޯރަކު މިގަމުގެ ވެރިކަމަށް ބަނޑު ކެނޑި ވާތީ ދުށީމޭ ، ޗޯރެއް މިގައުމު ދަވާލީތީ ދުށީމޭ ،
13 Jul 2023
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.