އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް-- ފޮޓޯ/ އެމްޑީއޭ
ހަބަރު
13 Jul 2023 | 19:16
"އަޅުގަނޑުމެން 2018ގައި ބެލީ ރައީސް ޞާލިހު ކުރައްވަނީ ހެޔޮވެރިކަމެއްތޯ, އަނިޔާވެރި ވެރިކަމެއްތޯ"

2018 ވަނަ އަހަރުގެ އިންތިޚާބަށް ފަހު އެމްޑީއޭ ހަމަހިމޭނުން ތިބީ ނޫން ކަމަށާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވެރިކަން ހަވާލުކުރުމަށްފަހު އެމަނިކުފާނު ކުރައްވަނީ ހެޔޮވެރިކަމެއްތޯ ނޫނީ އެމަނިކުފާނު ކުރައްވަނީ އަނިޔާވެރި ވެރިކަމެއްތޯ ބަލަމުން ގެންދިޔައިީ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

މިއަދު ގުރައިދޫގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން، މައުރޫފު ވަނީ އިދިކޮޅު ޕީޕީއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ، ޕީޕީއެމްއާއެކު ކޯލިޝަން ހެދުމުގެ ހިތި ތަޖުރިބާ އެމްޑީއޭއަށް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޯލިޝަނުގައި ދެމިއޮތީ އެމްޑީއޭގެ ވެރިން ހުރަގެއަށް ލައިފާނެ ކަމުގެ ބިރާއި، ރާއްޖޭގެ ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ބެލުމަށްފަހު ކަމަށެވެ.

މިއާއެކު މައުރޫފު ވަނީ ޕީޕީއެމްގެ ވެރިކަން ނިމި، 2018 ވަނަ އަހަރު، ރައީސް ޞާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ކަންކަން ރަނގަޅު ވެގެން ދިޔަ ކަމަށެވެ. 

ރާއްޖޭގެ ރައީސްއަކީ މިއަދު ޓޫރިޒަމް ދާއިރާއަށް އެންމެ ބޮޑު އިންވެސްޓެއް ކުރައްވާފައިވާ ބޭފުޅާ. ދެބިލިއަން ޑޮލަރު އިންވެސްޓް އެބަހުރި. އަޅުގަނޑުމެން ޕީޕީއެމްއާއެކު ކޯލިޝަން ހަދާ 2018ގަ ހުއްޓިގެން ދިޔައީ ކީއްވެގެންތޯ؟ އަޅުގަނޑުމެން އެދޭ ކަންތައްތައް ނޫން ސިޔާސީ ވެރިން ހުރަގެއަށް ލުމަކީ. އަޅުގަނޑުމެން އެދޭ ކަމެއް ނޫން އދ.އާ ގުޅުން ކަނޑާލުމަކީ. އަޅުގަނޑުމެން އެދޭ ކަންތައްތަކެއް ނޫން ޔޫރަޕިއަން ޔޫނިއަނާ އޮތް ގާތްކަން ދުރުވެގެން ދިއުމަކީ. އަޅުގަނޑުމެން އެދޭ ކަމެއް ނޫން ކޮމަންވެލްތުން ވަކިވެގެން ދިއުމަކީ. މިހުރިހާ ސަބަބުތަކާހުރެ މިއަދު މިތިބީ އެމްޑީޕީއާއެކު.

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް

މިއާއެކު މައުރޫފު ވިދާޅުވީ، 2018 ވަނަ އިންތިހާބަށްފަހު، އެ ޕާޓީ ހިމޭނުން އޮތީ ނޫން ކަމަށެވެ. އެހެނެއް ކަމަކު އޭރު އެ ޕާޓީން ބަލަމުން ދިޔައީ، އެ އަހަރު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް ޞާލިހު ކުރައްވަނީ ކޮން ކަހަލަ ވެރިކަމެއްތޯ ކަމަށްވެސް މައުރޫފު ވިދާޅުވި އެވެ. 

2018ގަ ހަމަހިމޭނުން ތިބީއެއް ނޫން. ރައީސްއާ ވެރިކަން ހަވާލުކުރުމަށްފަހު އެމަނިކުފާނު ކުރައްވަނީ ހެޔޮވެރިކަމެއްތޯ ނޫނީ އެމަނިކުފާނު ކުރައްވަނީ އަނިޔާވެރި ވެރިކަމެއްތޯ ބަލަމުން ގެންދިޔައިން. ފެނިގެން ދިޔައީ ރާއްޖޭގެ އިގްތިސާދު ބިނާކުރައްވާ، ރާއްޖޭގެ އެއްވެސް ސިޔާސީ ބޭފުޅަކު ޖަލަށް ނުލައްވާ، ވިޔަފާރިވެރިންނަށް އެއްވެސް ދައްޗެއް ނުކުރައްވާ އެމަނިކުފާނު ވެރިކަން ނިންމަވަމުންދާތަން. އެހެންވީމަ ދެވަނަ ދައުރަކަށް ރައީސް ނޫން ޗޮއިސްއެއް އޮތް ކަމަށް ގަބޫލެއް ނުކުރަން.

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް

މީގެ އިތުރުން މައުރޫފް ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް، ޕީޕީއެމްއިން ކޯލިޝަން ހެދުމަށް ދައުވަތު ލިބިވަޑައިގަތް ކަމަށެވެ. އެގޮތުން ކުރެވުނު މަޝްވަރާގެ ތެރެއިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކޮބައިތޯ ސުވާލުކުރެއްވުމުން, އެއީ ރައީސް ޔާމީން ކަމަށް ދެންނެވުމުން އެކަމުން ދުރުވެވަޑައިގަތީ ކަމަށެވެ. އަދި ޕީޕީއެމަކީ ކަރަންޓީނު ކުރަންޖެހޭ ޕާޓީއެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މިއަދު އަޅުގަނޑު ދަންނަވާނީ، ކަރަންޓީން ކުރަންޖެހޭ ޕާޓީއެކޭ ޕީޕީއެމްއަކީ. އެއީ ކުރީ ޒަމާނުގަ ވެސް ތޯއޫނު ބަލި އުފެދިއްޖެއްޔާ އެބައިމީހުންނާ އެއްވެސް ބަޔަކު ކައިރިއެއް ނުވާނެ. އެހެންވީމަ މިއަދު ސިޔާސީގޮތުން އަޅުގަނޑު ބުނާނީ އެއްވެސް ބަޔަކު ޕީޕީއެމްއަކާ ކައިރިނުވާނޭ. 

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް

މައުރޫފު ވިދާޅުވީ، އެ ޕާޓީން ޕީޕީއެމާ އެކު ކުރި ހިތި ތަޖުރިބާއަށްފަހު، މިހާރު އެމްޑީޕީއާއި އެކު ތިބި ކަމަށާ، މި ފަހަރުގެ އިންތިހާބު އެ އެމްޑީޕީީން ކާމިޔާބު ކުރާނީ އެއްބުރުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.