ރައީސް ޞާލިހު މާފުށީ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ
ހަބަރު
14 Jul 2023 | 08:29
ކުރިއަށް އޮތް ދައުރުގެ އެންމެ ބޮޑު އެއް އަމާޒަކީ އިގްތިސޯދު ދެ ގުނަ ކުރުން: ރައީސް ޞާލިހު

ރާއްޖޭގެ ވެރިކަން ކުރެއްވުމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު، އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ އިގްތިސާދު ދެގުނަ ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

"އުފާވެރި އަމާން ރާއްޖެ" ރިޔާސީ ކެމްޕެއިނުގައި މާފުށީގައި ރޭ ބޭއްވި ކެމްޕެއިނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެންމެ ފުރަތަމަ ކުރަންޖެހުނު ކަމަކީ ރާއްޖޭގައި އޮތް ހަލަބޮލިކަން ނައްތާލައި ރާއްޖެއަށް ހަމަޖެހުން ގެނައުމުގެ މަސައްކަތް ކަމަށެވެ. އަދި އޭގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ މިއަދު ރާއްޖޭގެ ކޮންމެ ކޮޅަކުން ފެންނަމުން އެ ދަނީ އެ ހަމަޖެހުން އެ އަމާންކަން،" ރައީސް ޞާލިހު ވިދާޅުވި އެވެ. 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ، އެމަނިކުފާނުގެ ކުރިއަށް އޮތް ދައުރުގެ އެންމެ މުހިންމު އެއް އަމާޒަކީ އައު ޒުވާނުންނަށް ފުރުސަތު ހުޅުވާލުން ކަމަށެވެ. 

"ކުރިއަށް މިއޮތް ދައުރު އެންމެ މުހިންމު އަމާޒަކީ އާ ޒުވާނުންނަށް، އެ ޖީލަށް ފުރުސަތު ހުޅުވާލުން، ރާއްޖޭގެ ކަންކަމުގައި ބަސްބުނެ، ހަރަކާތްތެރިވުމުގެ ޖާގަ ޒުވާނުންނަށް މިހާރަށްވުރެ ރަނގަޅަށް ދިނުން، އަމާން މުޖުތަމައެއް ގާއިމް ކުރުމަށް ފަށާފައިވާ މި މަސައްކަތައިގެން ކުރިއަށް ދިއުން،" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މީގެ އިތުރުން، ކުރިއަށް އޮތް ދައުރުގައި އިސްކަންދެއްވާނެ އިތުރު ކަންކަން ފާހަގަކުރައްވަމުން ރައީސް ޞާލިހު ވަނީ،  އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމާއި ހެޔޮވެރިކަމެއް ކޮށް، އިގްތިސޯދު ދެ ގުނަ ކުރުމަކީ ކުރަން ހުރި އެންމެ މުހިންމު ކަންކަން ކަމަށެވެ. 

"އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައި ދިނުން. ހެޔޮ ވެރިކަމެއް ކޮށް، އިގްތިސާދު ދެގުނަ ކުރުން އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ. އަޅުގަނޑުމެން ބޭނުންވަނީ އުފާވެރި ރާއްޖެއެއް. އަޅުގަނޑުމެން ބޭނުންވަނީ އަމާން ރާއްޖެ އެއް. އާދެ އުފާވެރި އަމާން ރާއްޖެއެއް."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، މާފުށީގައި މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައި ހުރި މުހިންމު ކަންކަމަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން، އެ މަނިކުފާނު މާފުށްޓަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއްހެން މިހާރު ފުއްދެމުން ދާ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ އިތުރުން ވެސް ކަންކަން މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.