ހަސަން ލަތީފު ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ދަ ޑިމޮކްރެޓްސް
ހަބަރު
14 Jul 2023 | 10:34
ރައީސް ޞާލިހު މިހާރު ގެންގުޅުއްވަނީ ކޮރަޕްޝަން އާންމު ކުރާ ސިޔާސަތު: ހަސަން ލަތީފު

ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ސިޔާސަތު ހިއްޕަވައިގެން ވެރިކަމަށް ވަޑައިގެން ނަމަވެސް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙާއްމަދު ޞާލިހު ގެންގުޅުއްވަނީ ކޮރަޕްޝަން އާންމު ކުރުމުގެ ސިޔާސަތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ. 

ހަސަން ލަތީފު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަތުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ހަސަން ލަތީފުގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީއިން ގިނަ އަދަދެއްގެ ބަޔަކު ވަކިވާން ނިންމީ އެ ޕާޓީއިން ހިފަހައްޓަމުން އައި އަސާސްތައް ދޫކޮށްލާ މުޅިން އެހެން "ވިޔަފާރި" އެއް ޕާޓީން ފެއްޓުމާއި ގުޅިގެން ކަމަށެވެ. 

އެގޮތުން މިހާރު އެ ޕާޓީ ބިނާވެފައިވާ މައިގަނޑު އަސާސްތަކަކީ ވައްކަމާއި ކޮރަޕްޝަނަށް ހަދާފައިވާ ކަމަށާއި، ވައްކަމާއި ކޮރަޕްޝަނާއި ނުލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އެއްވެސް މަޝްރޫއެއްގެ އުންސުރު ފުރިހަމަ ވެސް ނުވާކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ވައްކަމާއި ކޮރަޕްޝަން ނުހިމެނޭ ނަމަ މިއަދު ސަރުކާރުން ރައްޔިތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ވެސް ހުއްޓާލާ ކަމަށެވެ. އަދި މިއަދު ރައީސް ޞާލިހު ގެންގުޅުއްވާ ސިޔާސަތަކީ ވެސް ވައްކަމާއި ކޮރަޕްޝަން އާންމު ކުރުންކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

"ސަރުކާރުން ކޮށްދޭ ޚިދުމަތުގައި ކޮރަޕްޝަނުގެ އުންސުރު ހަމަނުވާ ކަމަށް ވަންޏާ ރައްޔިތަކަށް ފަސޭހައިން ކަމެއް ވާކަމަށް ނޯވޭ. އެއީ މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ. ކޮރަޕްޝަން އާންމު ކުރުން އެއީ ރައީސް ޞާލިހުގެ މިއަދުގެ ސިޔާސަތަކީ"

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު

ހަސަން ލަތީފު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން ޖެހުނީ އެފަދަ އެތައް ސަބަބުތަކެއް ހުރުމުން ކަމަށެވެ. 

ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އިތުރުވެގެން ދިއުމާއި، ރައީސް ޞާލިހަށް ތާއީދު ނުކުރާ އެންމެން ޕާޓީން އެމްޑީޕީން ވަކިކުރަން ފެށުމަކީ ވެސް އާ ސިޔާސީ ޕާޓީއެއް އުފައްދަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ސަބަބެއް ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

އެކަންކަން ފާހަގަކުރައްވާ ހަސަން ލަތީފު ވިދާޅުވީ ދަ ޑިމޮކްރެޓްސް އޮންނާނީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަމަށެެވެ. އަދި ސަރުކާރަށް ފާރަވެރިވާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. 

އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ އެމްޑީޕީ ވެސް އުފެއްދި އަސާސްތައް ހިފަހައްޓާ ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރެގެންކަމަށް ހަސަން ލަތީފުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.