ޝިޔާމު ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
14 Jul 2023 | 11:37
ރައީސް ޞާލިހަށް ވައުދުތައް ފުއްދުނީ ބަސް މަދުކޮށްފަ އަމަލު ގިނަކުރީމަ: ސިޔާމު

ސިޔާސީ މައިދާނުގައި 5 ރައީސުންނާއެކު މަސައްކަތްޕުޅު ކުރެވިއްޖެ ކަމަށާއި، އެހެން ނަމަވެސް ވައުދުތައް އެންމެ ބާރު ސްޕީޑުގައި ފުއްދަވަމުން ގެންދެވި ލީޑަރެއްގެ ގޮތުގައި ފާހަގަކުރެއްވެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމު މުޙައްމަދު ވިދާޅުވެއްޖެ އެވެ. 

ސިޔާމު މިފަދައިން ވިދާޅުވެފައިވަނީ ރައިސް ޞާލިހުގެ ކެމްޕޭނަށް ކ އަތޮޅަށް ވަޑައިގެން އެ އަތޮޅު މާފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ސިޔާމު ވިދާޅުވީ ރައީސް ޞާލިހު ގެންދަވަނީ އެމަނިކުފާނު ވީ ވައުދުފުޅުތައް ފުއްދަވާ ތަރައްގީގެ މަސައްކަތްތައް ހަރު ދުވެލީގައި މުޅި ރާއްޖޭގައި ކޮށްދެއްވަމުން ކަމަށެވެ. 

އެމަނިކުފާނުގެ ފަސް އަހަރުގައި ތަރައްގީގެ މަސައްކަތްތައް އެހާ ބާރު ސްޕީޑުގައި ކުރެވިގެން ދަނީ ރައީސް ޞާލިހުގެ ކިބައިގައި ހުންނަ ވަރަށް ޚާއްސަ ސިފަތަކުގެ ސަބަބުން ކަމަށާއި، ބަސް މަދުކުރުމާއި އަމަލު ގިނަ ކުރުމަކީ ފާހަގަކޮށްލެވޭ ސިފައެއްކަމަށް ސިޔާމު ވިދާޅުވި އެވެ. 

އޭގެ އިތުރުން ރައީސް ޞާލިހުގެ ކެތްތެރިކަމާއި، މަޑުމައިތިރިކަމާއި ހިކުމަތްތެރިކަމަކީ ވެސް އެމަނިކުފާނުގެ ވެރިކަން ކާމިޔާބު ވެރިކަމަށް ވެގެންދިޔަ ސަބަބުތަކުގެ ގޮތުގައި ޝިޔާމު ފާހަގަކުރެއްވި އެވެ. 

"ތިޔަ ބޭފުޅުން އަޑުއަހާނެ ވާހަކައެއް އެއީ ބަސް މަދުކުރާށޭ، އަމަލު ގިނަކުރާށޭ. އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސްގެ ކިބައިން އަޅުގަނޑަށް މިދިޔަ ފަސް އަހަރު ފެނިގެން ދިޔައީ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖަ. މަޑުމައިތިރިވުމުގެ އެންމެ މަތީ ދަރަޖަ. ކަންތައް ކުރުމުގައި އަވަސް އަރުވާލައިގެން ނޫޅި، އެކަންތައް ކުރަންޖެހޭ އެންމެ ރަނގަޅަށް ކުރީމާ މިބުނާ ކަންތައްތައް މި ހާސިލްވެގެން ދިޔައީ"

އެމްޑީއޭގެ ރައީސް ސިޔާމު

ސިޔާމު ރައީސް ޞާލިހަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައިވާއިރު، ރައީސް ޞާލިހު ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ވެލެއްވި ވައުދުތަކުގެ ތެރެއިން 90 އިންސައްތަ ވައުދު ފުއްދަވާދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

އެމަނިކުފާނު ދެވަނަ ދައުރަކަށް ކުރިމަތިލަނީ އަމާން ރާއްޖެއެއް ހޯއްދަވާދެއްވުމަށް ކަމަށާއި، ވެރިކަމުގެ ފަސް އަހަރުގައި ވެސް އެކަމަށްޓަކައި މުހިންމު މަސައްކަތްޕުޅުތަކެއް ކޯށްދެވިއްޖެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.