ސިޔާމު ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
14 Jul 2023 | 12:43
އެންމެ އުފާވަނީ އެމްޑީޕީ ތެރެއިން ލާދީނީ ފިކުރު ނެތި ދިޔައިމަ: ސިޔާމު

ސަރުކާރު ހިންގާ މައި ޕާޓީއާއި އެކު ކޯލިޝަން ހަދައި ރިޔާސީ ރޭހަށް ނިކުންނައިރު އެންމެ އުފާވަނީ އެ ޕާޓީ ތެރޭގައި މީގެ ކުރިން އޮތް "ލާދީނީ ފިކުރު" މިހާރު ނެތި ދިއުމުންކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމު މުޙައްމަދު ވިދާޅުވެއްޖެ އެވެ. 

ސިޔާމު މިފަދައިން ވިދާޅުވެފައިވަނީ މާފުށީގައި އޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ސިޔާމު ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރެއްވި ބައެއް ރައީސުލް އިސްލާމްދީނަށް ފުރައްސާރަކުރުމާއި ކީރިތި މާތް ނަބިއްޔާއަށް ކުޑައިމީސް ވާ ގޮތަށް އެތައް ފަހަރެއްގެ މަތިން ވާހަކަފުޅު ދައްކަވާފައިވާކަން ރައްޔިތުންގެ ހަނދާނުގައި ހުންނާނެ ކަމަށެވެ. 

އެގޮތުން ރާއްޖެއިން ބޭރުގެ ގައުމުތަކަށް ވަޑައިގެން ވެސް އެ މޭރުމުން ވާހަކަފުޅު ދައްކަވާފައިވާކަމަށް ސިޔާމު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އަޑުއަހައިފީމު މީގެ ކުރީގައި ބައެއް ރައީސުން ޕޯޑިއަމްތަނުގައި އަޅުގަނޑުމެންގެ މާތް ވެގެންދާ އިސްލާމްދީނަށް، އަޅުގަނޑުމެންގެ ރަސޫލާ (ސަލަވާތް) އަށް، ހަޖޫޖަހާ މަންޒަރު ފެނިފައި ދިވެހި ހުރިހާ ރައްޔިތުންނަށް ތިބޭނީ. އޭގެތެރެއިން ބައެއް ވެރިން ޑެންމާކަށް ގޮސް އެހެން ގައުމަށް ގޮސް އިސްލާމް ދީނަށް ހަޖޫ ޖެހުން މި އޮންނަނީ އެމީހުންނަށް އާންމު ކަމަކަށް ވެފައި"

އެމްޑީއޭގެ ރައީސް ސިޔާމު

ވަކި ބޭފުޅެއްގެ ނަން ވިދާޅު ނުވި ނަމަވެސް ޝިޔާމު އެ ނިސްބަތްކުރެއްވީ އެމްޑީޕީގެ ފުރަތަމަ ރައީސް މުޙައްމަދު ނަޝީދަށްކަން އެނގެއެވެ. އެއީ ނަޝީދު ޑެންމާކުގައި ހުންނަވާ ދައްކަވާފައިވާ އިސްލާމްދީނާއި ބީރައްޓެހި ވާހަކަފުޅުތަކުގެ ސަބަބުން އެމަނިކުފާނަށް ދީނީ އިލްމުވެރިންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ. 

ނަޝީދުގެ އިސްތަށުފުޅުގައި "ލާދީނީ" ޓެގު އެޅުވިގެން ދިޔައީ ވެސް އެ ދުވަސްވަރު އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަފުޅުތަކާއި ގުޅުވާ ބައެއް ސިޔާސީ ޕާޓީތަކުގައި ތިއްބެވި ދީނީ އިލްމުވެރިންގެ ފާޑުކިޔުންތަކުގެ ތެރެއިން ނެވެ. 

އެކަންކަމަށް އިޝާރާތްކުރައްވާ ސިޔާމު ވިދާޅުވީ އެމްޑީޕީއާއި އެކު މިއަދު ކޯލިޝަން ހަދައިގެން ތިބިއިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެމްޑީޕީގައި އޭރު އޮތް ލާދީނީ ފިކުރު މިހާރު ޕާޓީތެރެއިން ނެތިގެން ގޮސްފައިވާތީ އެވެ. 

ރައީސް ނަޝީދު ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެން ޖަލްސާގެ ތެރެއިން

"އެމްޑީޕީގެ ތެރޭގައި އެމްޑީޕީގެ ތެރޭގައި ލާދީނީ ފިކުރު ނެތިގެން ދިއުމަކީ އަޅުގަނޑު އެންމެ އުފާކުރާ ކަންތައް، އަދި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން މިއަދު އުފާކުރަނީ އެކަމާ"

އެމްޑީއޭގެ ރައީސް ސިޔާމު

ސިޔާމު މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނެވުމަށްފަހު ނަޝީދު ވަނީ އެ ޕާޓީ ދޫކުރައްވާ ވަޑައިގެންފަ އެވެ. އަދި ނަޝީދަށް ތާއީދުކުރާ ގިނަ މެމްބަރުންތަކެއް ވެސް ވަނީ އެ ޕާޓީ ދޫކުރައްވާ ވަަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. 

އެމްޑީޕީ ތެރޭގައި އޮތް ލާދީނީ ފިކުރު ނެތިގެން ދިޔަކަމަށް ސިޔާމް އެ އިޝާރާތްކުރެއްވީ ނަޝީދާއި އޭނާގެ ވަފާތެރިން އެމްޑީޕީން ނިކުތުމަށްކަމަށް ބެލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.