އުމަރު ނަސީރު --
ހަބަރު
14 Jul 2023 | 22:08
ހުޅަނގުގެ ޑިމޮކްރެޓިކް ގާނޫނުތަކުން މައްސަލަތައް ހައްލު ނުވާނެ؛ ހައްލުވާނީ އިސްލާމީ ޝަރީޢަތުން: ޢުމަރު

ހުޅަނގުގެ ޑިމޮކްރެޓިކް ގާނޫނުތައް ބަލައިގެން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ނުވާނެ ކަމަށާ، އެކަން ހައްލު އިސްލާމީ ޝަރީޢަތުގައި ހިފައިގެން ކަމަށް، ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެމްޕެއިނަށް ވ އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން މިއަދު އެއަތޮޅު ފެލިދޫއަށް ވަޑައިގެން، ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި އުމަރު ވިދާޅުވީ ކޮންމެ ފަސް އަހަރަކަށްވެސް، ރިޔާސީ ކެންޑިޑޭޓުން އައިސް ގިނަ ވައުދުތަކެއް ވާކަމަށެވެ. އެހެންނަމަވެސް، އެ ބޭފުޅުންގެ ވެރިކަން ނިމިގެންދާއިރުވެސް ފެންނަނީ ގައުމު މަސްތުވާތަކެތީގެ ހާއްޔަކަށްވެ، ސުކޫލު ކުދިންގެ އަޚްލާޤް ދަށްވެ, ސުކޫލް ތަކުގެ ތެރޭގައިވެސް މަސްތުވާތަކެތި ވިއްކާ މަންޒަރު ކަމަށެވެ. އަދި ހަމައެހެންމެ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެ ގައުމު ނާމާން ވެގެންދާ މަންޒަރު ވެސް ފެންނަމުންދާ ކަމަށް ޢުމަރު ވިދާޅުވި އެވެ. 

އުމަރު ވިދާޅުވީ ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް ވެސް ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން ނުކުމެ، ފަޅު ފުންކުރާ ވާހަކައާއި، ބަނދަރު ހަދާ ވާހަކައާއި، އެއާޕޯޓް އަޅާ ވާހަކަ ފަދަ ވާހަކަތައް ދައްކަވާ ކަމަށެވެ. އަދި އެފަދަ ކަންކަން ނުކުރާ އެއްވެސް ސަރުކާރެއް ނާންނާނެ ކަމަށާ، އޭނާ ވެރިކަމަށް އިންތިހާބުވެ ވަޑައިގެންނެވި ނަމަވެސް އެކަންކަން ކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. 

އެކަމަކު އެއްވެސް ސަރުކާރަކަށް ދިވެހިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މުސީބާތުން ދިވެހިން ސަލާމަތް ކޮށްދިނުމުގެ ގާބިލްކަމެއް ނެތް. 

އުމަރު ނަސީރު

ޢުމަރު އިތުރަށް ވިދާޅުވީ، ޔޫރަޕު މީހުން ބުނާގޮތް ހަދައިގެން ރާއްޖޭގައި ހުރި އެއްވެސް މައްސަލައެއް ހައްލު ނުވާނެ ކަމަށެވެ. އަދި އެކަންކަން ހައްލު ވާނީ ދިވެހިރާއްޖޭ އިސްލާމީ ޝަރީޢަތާއި ގާތްކޮށް، މި ގައުމުގައި އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ހުކުމް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެން މިހާ ހިސާބަށް ހަދައިގެން މިއުޅޭ ޑިމޮކްރެޓިކް ގާނޫނުތައް، ހުޅަނގުން ބަލައިގެން އަޅުގަނޑުމެން ހަދައިގެން މިއުޅޭ ގާނޫނުތައް ބޭނުން ކޮށްގެން، ދިވެހިރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު ބަދަލެއް ނުކުރެވޭނެ. އެ ހާލަތު ބަދަލު ކުރެވޭނީ އިސްލާމީ ޝަރީޢަތުގައި އޮތް ހުކުމް ތަކުގައި އަޅުގަނޑުމެން ހިފައިގެން. އެނޫން އެހެން އެއްވެސް ގޮތަކަށް އެކަން ނުކުރެވޭނެ. 

އުމަރު ނަސީރު

މިއާއެކު އުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ގައުމުގެ މައްސަލަތައް ހައްލު ކުރާނީ އިސްލާމީ ޝަރީޢަތުގައި ހިފައިގެން ކަމަށެވެ. އަދި އޭނާގެ ކެންޕެއިން ސްލޯގަން އަކަށް "ހައްލަކީ އުމަރު" ހަދާފައިވަނީ ވެސް އެހެންވެ ކަމަށް އުމަރު ވިދާޅުވި އެވެ.

ހައްލަކީ އުމަރޭ އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، އިސްލާމީ ޝަރީއަތުގައި ހިފައިގެން، އަޅުގަނޑު ނުކުމެ, ދިވެހިރާއްޖޭގައި މިހިރަ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް. 

އުމަރު ނަސީރު

މީގެ އިތުރުން ވެސް އުމަރުގެ ވާހަކައިގައި އޭނާ ވަނީ، ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިން ގާއިމްވެ ތިބި މައްސަލަ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ، އިންޑިއާ އަކީ ރާއްޖޭގެ އަވަށްޓެރި ގައުމެއް ކަމަށާ، އަވަށްޓެރި ކަމުގެ ގުޅުން ބާއްވަންވެސް ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، ރާއްޖޭގައި ބިދޭސީ އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާ، އެގޮތަށް އެކަން ކޮށްގެންވެސް ނުވާނެ ކަމަށެވެ. 

އުމަރުގެ ވ އަތޮޅުގެ ކެންޕެއިނަށް ފެލިދޫގެ އިތުރުން އެ އަތޮޅު ކެޔޮދޫ އާއި، ފުލިދޫއަށްވެސް ވަނީ މިއަދު ވަޑައިގެންފައެވެ. ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީ ތަކުން، އެހެން ޕާޓީ ތަކާއި ގުޅިގެން ވާދަކުރުމަށް ނިންމައި، ކެންޕެއިން ފަށާފައިވާއިރު, އުމަރު އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.