ހިސާން ހުސެއިން ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
16 Jul 2023 | 11:18
ބަނގުރޫޓުވަނީއޭ މުސާރަ ނުދެވޭނެއޭ ގޮވި، މުސާރަ ނުދެވި އެބޮތް ތޯ: ހިސާން

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވި ދުވަސްވަރު އާންމުންގެ މެދުގައި ބިރުވެރިކަން އުފައްދާ، ސަރުކާރާއި މެދު ނަފްރަތު އުފެއްދުމަށް ވާދަވެރިން ރާއްޖެ ބަނގުރޫޓުވެ މުސާރަ ނުދެވޭނެކަމަށް ބުނަމުން ދިޔަ ނަމަވެސް އެ ޙާލަތަށް ރާއްޖެ ވެއްޓުނުތޯ ރައްޔިތުން ސުވާލު އުފައްދަން ޖެހޭކަމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ. 

ހިސާން މިފަދައިން ވިދާޅުވެފައިވަނީ މ. މުލަކުގައި ބޭއްވި ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ހިސާން ވިދާޅުވީ ކޯވިޑްގެ އެންމެ ދަތި ދުވަސްވަރުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވުމާއި ގުޅިގެން އިގްތިސާދީ ގޮތުން ރާއްޖެއަށް ވެސް ހީނަރުކަން އައިސްފައިވާ ކަމަށެވެ. 

އަދި އެ ހާލަތުގައި ސަރުކާރުން އިގްތިޞާދު ނެގެހެއްޓުމަށް އަޅަމުންދިޔަ ފިޔަވަޅުތަކަށް ވާދަވެރިން ބޮޑެތި ފާޑުކިޔުންތަކެއް އުފައްދާ ރާއްޖެ ބަނޑަށް ޖެހިދާނެކަމަށް ބުނެ ތަފާތު ވާހަކަތައް ދައްކަވަމުން ދިޔަ ކަމަށެވެ. 

އެހެން ނަމަވެސް ވާދަވެރިންގެ ފާޑުކިޔުންތަކާއި އެއްގޮތަށް ރާއްޖޭގެ އިޤްތިޞާަދު ދަށްވެފައި ނުވާކަމަށާއި، މުވައްޒަފުންނަށް މުސާރަ ދެމުން ތަރައްގީގެ ޕްރޮޖްކެޓުތައް ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާކަން ހިސާނު ފާހަގަކުރެއްވި އެވެ. 

"އިމްޕޯޓަށް ބަރޯސާވެ، ޓުއަރިޒަމަށް ބަރޯސާވެ، އޮތް މި ރާއްޖެ އެ އަނދަވަޅަށް ވެއްޓިގެން ނުދިޔައީ ކީއްވެތޯ އަޅުގަނޑުމެން މިއަދު ސުވާލުކޮށްލަން އެބަ ޖެހޭ. ބަނގުރޫޓު ވަނީއޭ، ގައުމު ދަރާ ވިކެނީއޭ. ކާޑު ހުރީ ދެމަސް ދުވަހަށް ވާ ވަރަށޭ، ޑޮލަރެއް ނެތޭ. ރައްޔިތުން ބަނޑަށް ޖެހޭނެއޭ. މުވައްޒަފުންނަކަށް ސަރުކާރަކަށް މުސާރައެއް ނުދެވޭނެއޭ. މި ނޫން އަޑެއް އަޅުގަނޑުމެންގެ އެތެރެއިންނާއި، ބޭރުން އަޅުގަނޑުމެންނަކަށް އެދުވަހަކު ނީވޭ. މީގެން އެއްވެސް ކަމެއް ވީތޯ؟"

ހިސާން ހުސެއިން

އެކަންކަން ފާހަގަކުރައްވާ ހިސާނު ވިދާޅުވީ ކޯވިޑް-19 މެނޭޖުކޮށް ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެއްސެވުމުގައި ރައީސް ޞާލިހު އަމަލުކޮށްފައިވާ ގޮތަށް ތައުރީފު ޙައްޤު ކަމަށެވެ. 

އަދި އެމަނިކުފާނުގެ އެ މަސައްކަތްޕުޅަށް ޝުކުރު އަދާކުރުމުގެ ގޮތުން ވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ރައީސް ޞާލިހަށް ވޯޓުދެއްވާ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކުރައްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ