ރަތްމަންދޫގައި ރައީސް ޞާލިހު ވާހަކަ ދައްކަވަނީ-- ފޮޓޯ/ އެމްޑީޕީީ
ހަބަރު
16 Jul 2023 | 12:06
އަމާޒަކީ 2024 ވަނަ އަހަރު، އާރްޓީއެލް ޚިދުމަތުން މުޅި ރާއްޖެ ގުޅާލުން: ރައީސް ޞާލިހު

މިސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ތެރޭގައި، އާރްޓީއެލް ޚިދުމަތުން މުޅި ރާއްޖެ ގުޅާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެމްޕެއިނަށް މ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރަތްމަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ތަރައްގީގެ ވާހަކަ ދައްކަން ވާނީ ގައިން ތާހިރުވެ ތިބެގެން ކަމަށެވެ. 

އަޅުގަނޑުމެން އަބަދުވެސް ދައްކާ ވާހަކައެއް. ތަރައްޤީގެ ވާހަކަ ދައްކަން ފަށަންވާނީ ގައިން ތާހިރުވެ ތިބެގެންނޭ. ފުރަތަމަ މީހާއަށް ސާފު ބޯފެނާއި، ނަރުދަމާ އާއި، ލަފާފުރުމުގެ ފަސޭހަ ކަމާ، ސިއްހީ ޚިދުމަތާއި، ދަރިންނަށް ތައުލީމް ދެވޭނެ ގޮތެއް ނެތި ދެން ކޮން ތަރައްގީގެ ވާހަކަ އެއްތޯ ދައްކާނީ؟ 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ ކުދި އާބާދީ ތަކުގައި އެފަދަ އަސާސީ އެއްވެސް ޚިދުމަތެއް އެމަނިކުފާނުގެ ވެރިކަން ފެށުނުއިރު ނެތް ކަމަށެވެ. އެހެނީ ކުދި އާބާދީގެ ރަށްތަކަކީ ވޯޓުގެ ގޮތުން ބަލާއިރު މާ ގިނަ ވޯޓު ލިބޭނެ ރަށްތަކެއް ނޫން ކަމަށާ، އެހެން ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރީ ވޯޓުދޭ މީހުންގެ އަދަދަށް ބެލުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެގޮތުން ރަތްމަންދޫގައިވެސް ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ކަމަށާ، އިންޖީނު ގޭގެ މަސައްކަތް ނިމި، ފެނަކަ އޮފީހުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަ ކުރެއްވިއެވެ. 

މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ، ކުދި ރަށްރަށަށް ދިރުން ގެނުވާނެ އެއް ކަމަކީ ދަތުރު ފަތުރުގެ ނިޒާމުން ރަށްތަށް ގުޅާލުން ކަމުގައި ވާއިރު، މި ސަރުކާރުގެ އަމާޒަކީ 2024 ވަނަ އަހަރުގައި ރާއްޖޭގެ ހުރިހާ ރަށްތަކެއް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުން ކަމަށެވެ. 

މިފަދަ ކުދި ރަށްރަށަށް ދިރުން އަންނާނެ އެއް ކަމަކީ، ދަތުރުފަތުރުގެ ނިޒާމުން މުޅި އަތޮޅާއި މުޅި ރާއްޖެ ގުޅުމުން ކަމަށްވާތީ އެމަސައްކަތް ފަށައިގެން ކުރިއަށް އެބަދޭ. ހއ، ހދ ގެ މަސައްކަތް ނިމިއްޖެ. ހުވަދު އަތޮޅުގެ އާރްޓީއެލް ޚިދުމަތް ދޭން ޓްރައިލް ޕީރިއަޑް ގައި އެ އޮތީ. ދާދި އަވަހަަށް، މުޅި ހުވަދު އަތޮޅު އެކީގައި، އެއް ރަށް އަނެއް ރަށާއި، ގުޅިގެން ދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް އަހަރު، 2024 ވަނަ އަހަރު، މުޅި ރާއްޖެ އެކީގައި އާރްޓީއެލްގެ ޚިދުމަތުން ގުޅާލުން. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ، އާރްޓީއެލްގެ ޚިދުމަތުން ހުރިހާ ރަށްތަކެއް ގުޅާލުމާއި އެކު، ކުދި ރަށްރަށަށް ބޮޑެތި ފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ. އެގޮތުން، އެ ރަށަކުން ލިބެން ނެތް ޚިދުމަތް ހޯދުމަށް އެހެން ރަށް ރަށަށް ދިޔުމަށް ފަސޭހަ ވެގެންދާނެ ކަން ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.