އެމްޑީއޭގެ ނައިބު ރައީސް މައުރޫފު/ ފޮޓޯ: ވޮއިސް
ހަބަރު
16 Jul 2023 | 13:26
2018 ގައި ރައީސް ޞާލިހާ ސިއްރުން ބައްދަލުކޮށް, އެކުގައި ވާކަމަށް ބުނިން: މައުރޫފު

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީއޭ އޮތީ ހަޤީގަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި އެކުގައިކަމަށް އެމްޑީއޭގެ ނައިބުރައީސް އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ. 

މ. މުލަކުގައި ބޭއްވި ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފު ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކުރުމަށް އެމްޑީއޭއިން އަދާކުރި ސިއްރު ރޯލުގެ ވާހަކަތައް ހާމަކުރައްވާފަ އެވެ. 

އެގޮތުން މައުރޫފު ވިދާޅުވީ އެމްޑީއޭގެ މުއައްސިސުން 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސިންގަޕޫރުގައި ރައީސް ޞާލިހާއެކު ސިއްރު ބައްދަލުވުމެއް ބާއްވާފައިވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މައުރޫފުގެ އިތުރުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. 

އެ ބައްދަލުވުމަށްފަހު ރިޔާސީ އިންތިޚާބުގައި ސިޔާމު ހުންނެވީ ހަޤީގަތުގައި ރައީސް ޞާލިހުގެ ފަހަތްޕުޅުގައިކަމަށް މައުރޫފު ވަނީ ވިދާޅުވެފަ އެވެ. އަދި އެ އިންތިޚާބު ކާމިޔާބުކުރުމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް އެމްޑީއޭއިން ކޮށްފައިވާނެކަމަށް މައުރޫފު ވަނީ ވިދާޅުވެފަ އެވެ. 

"ސިންގަޕޫރަށް ގޮސް ހޮލިޑޭއިންގައި ސިއްރު ބައްދަލުވުމެއް ބޭއްވިން، އިސްލާމް ދީނުގައިވެސް ހުއްދަ ކަމެއް ބިރުވެރިކަމުގެ ހާލަތުގައި ސިއްރިއްޔާތުގައި ކަންތައް ކުރުމަކީ އެންމެ ބުއްދިވެރިންގެ ގޮތް ކަމުގައި އަޅުގަނޑުމެން ދެކުނިން. އަޅުގަނޑުމެން ޔަގީންކަން އެރުވިން މިތިބީ ރައީސްއާ އެކީގައޭ 2018ގައި"

އެމްޑިއޭގެ ނައިބު ރައީސް މައުރޫފު

މައުރޫފު ވަނީ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުކޮށްފަ އެވެ. އަދި ރައީސް ޔާމިނަކީ ހަރުކަށި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. 

އެ ވެރިކަމަކީ މަސައްކަތް ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރަން އުނދަގޫ ވެރިކަމެއް ކަމަށާއި، ފާޅުގައި ރައީސް ޔާމިނާއި ދެކޮޅަށް ތެދުވި ސިޔާސީ ލީޑަރުން ޖަލަށް ލާފައިވާތީ ސިއްރު ބައްދަލުވުމެއް ބާއްވާ އެމްޑީއޭއިން މަސައްކަތް ކުރީ އެ ވެރިކަން ބަދަލުކުރުމަށް ކަމަށް މައުރޫފު ވިދާޅުވި އެވެ. 

"ބޮޑު މުސީބާތަކަށް އަޅުގަނޑުމެންނަށްވީ، މިއިތޯ ވެރިކަން ކުރަން ގާބިލް މީހުންނަކީ، ވެރިކަން ނުކުރެވެންޏާ، ވެރިކަަމަށް ކުރިމަތިނުލީމަ ރަނގަޅުވާނީ، ގާބިލްކަމަކީ ވެރިކަމަށް ކުރިމަތިލާ މީހާ މީހުންނާއި އެކީގައި އުޅެން ދަސް ކުރުން"

އެމްޑިއޭގެ ނައިބު ރައީސް މައުރޫފު

މައުރޫފު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ކިބައިން ފެނިގެންދަނީ ކެތްތެރިކަމާއި މަޑުމައިތިރިކަން އިސްކުރާ މަންޒަރުކަމަށެވެ. އަދި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތައް އޮތް ބޭފުޅުންނާއި އެކުވެސް ގުޅިގެން މަސައްކަތްޕުޅު ކުރައްވާ މަންޒަރުކަމަށެވެ. 

އެމްޑީއޭއަށް މަސައްކަތް ކުރެވޭނީ އެފަދަ ލީޑަރަކާއި އެކުގައި ކަމަށާއި، ކުރިއަށް ރިޔާސީ އިންތިޚާބު ރައީސް ޞާލިހަށް ކާމިޔާބުކޮށްދިނުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް އެމްޑީއޭއިން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް މައުރޫފު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
އަހުމަދު
އަބަދުވެސް ތިބޭނީ އެއިރަކު އޮންނަ ސަރުކާރެއްގެ ފަހަތުގައި. އޭރުންތާ ކުންފުނިން އެކިފަރާތްތަކަށް ދައްކާންޖެހޭ ފައިސާ ނުދައްކާ ތިބެވޭނީ.
16 Jul 2023
ސުން
އަމިއްލަ އެދުމާއިގެން އުޅޭ މީހުން
16 Jul 2023
އިންވެސްޓިގޭޓަރ.
އެއްފުޅައްމަތިން ފުންމަލިި ބަކަރި އަނެތް ފުޅައްމަތިންވެސް ފުންމާލަނެ. ޚާއިނުން އަބަދުވެސް ވާނީ ޚައިނުންގެ ގޮތުގައި
17 Jul 2023
ބޮޑު ލޯނު
ރާއްޖޭގެ ރައްޔިތުން ރަހުނުކޮށް ބޮޑު ލޯނެއް ނަގަން ފުރުސަތު ދީ، އެ ލޯނަށް ފައިސާ ދައްކަން ނުޖެހޭ ގޮތަށް ދޫ ދީފަ ހުރި މީހެއް. ރައްޔިތުންނަށް އިބޫ ވަރަށް ހަރާންކޯރު ވީމަ ސިޔާމުގެ ބޭނުން މިގޮތަށް ހިފާނީ.
17 Jul 2023
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.