ހެލްތު މިނިސްޓަރު--
ހަބަރު
17 Jul 2023 | 07:40
"ހަމައެކަނި ރާއްޖެއަށް" ކަމަށް ބޭހުގައި ލޭބަލް ކޮށްފައި ހުރުމަކުން އެއްވެސް ގެއްލުމެއް ނެތް: މިނިސްޓްރީ

ރާއްޖެ އެތެރެކުރާ ޑޮކްޓަރީ ބޭހުގައި "އެކްސްޕޯޓް އޮންލީ ޓު މޯލްޑިވްސް" ނުވަތަ "ހަމައެކަނި ރާއްޖެއަށް ބޭރުކުރާ" މިފަދައިން ލޭބަލް ކޮށްފައި ހުރި ނަމަވެސް، އެ ބޭހަކުން އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. 

އިންޑިއާ އިން ރާއްޖެ އެތެރެކުރާ ބައެއް ބޭސްތަކުގައި "ހަމައެކަނި ރާއްޖެއަށް" ކަމަށް ލޭބަލް ކޮށްފައި ހުންނާތީ އެކަމާއި ގުޅިގެން މީސްމީޑިއާގައި މީހަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބޭހެއްގައި އެފަދައިން ލޭބަލްކޮށް، އެ ބޭސް ހަމައެކަނި ރާއްޖެއަށް ފޯރުކޮށްދޭއިރު، އިންޑިއާއިން އުފައްދާ ބައެއް ބޭހުގެ ބެޗްތައް، ބޭނުން ކުރަން ރަނގަޅު ނޫން ކަމަށް އެ ބޭސްތައް ޓެސްޓު ކުރުމަށްފަހު ނިންމާފައިވާ ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.

އަދި އޭނާ ހިއްސާ ކުރި ފޮޓޯގައިވާ ބޭހުގެ ބެޗެއްވެސް އެ ލިސްޓުގައި ހިމެނޭ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް ރާއްޖެ އެތެރެ ކޮށްފައިވަނީ އެ ނުބައި ބެޗު ނޫންކަންވެސް އޭނާ ފާހަގަކުރިއެވެ. 

މިކަމާއި ގުޅިގެން "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދައިން ލޭބަލް ކޮށްފައި ހުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި އެފަދައިން ލޭބަލް ކޮށްފައި ހުރި ނަމަވެސް، ނުވަތަ ނުކޮށް ހުރި ނަމަވެސް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރެޖިސްޓާރ ކޮށްފައިވާ ބޭހެއް ނަމަ އެ ބޭސް ރާއްޖެ އެތެރެ ކުރެވޭނެ ކަމަށާ، ރެޖިސްޓާރ ނުކޮށް ހުރި ބޭހެއް ނަމަ ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

މިއާއެކު މީޑިއާ އޮފިޝަލް ވިދާޅުވީ, ބޭސް ރެޖިސްޓާރ ކުރާއިރު، އެ ބޭސް އުފެއްދުމުގައި ބޭނުން ކުރާ ތަކެތީގެ ކޮލިޓީ އާއި ރައްކާތެރިކަންވެސް ބަލާ ކަމަށާ، އެހެންކަމުން، ރެޖިސްޓާރ ކޮށްފައިވާ ބޭހެއް ނަމަ ލޭބަލްއެއް ހުރުމަކުން އެއީ މައްސަލަ އެއް ނޫން ކަމަށެވެ. 

ކޮމެންޓް
ޝިފާން އަޙްމަދު
މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވަނީ އެފަދަ ބޭސް އެތެރެ ނުކުރާ ކަމަށެވެ. އަދި ފެންވަރާއި ރައްކާތެރިކަން ނުބަލާ ކަމަށެވެ. އަދި ރައްކާތެރިކަމާއި ފެންވަރު ބެލުމަށް އެއްވެސް ޤަވައިދެއް ޕޮލިސީ އެއް ވެސް ނޯންނަ ކަމަށެވެ.
17 Jul 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.