ރައީސް ޞާލިޙް ކެޔޮދުއަށް ވަޑައިގަތުން. ފޮޓޯ: އެމްޑީޕީ
ހަބަރު
17 Jul 2023 | 11:31
ރައީސް ޞާލިޙް ކެޔޮދުއަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވ ކެޔޮދުއަށް ވަޑައިގެންފިއެވެ.

ރައީސް ކެޔޮދުއަށް މި ވަޑައިގަތީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ދަތުރުފުޅެއްގައި މ އަތޮޅަށާއި ވ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ވ ރަކީދޫއަށެވެ. ރަކީދޫ އަށް ވަޑައިގެން އެރަށު ބަނދަރު ހުޅުވައިދެއްވައިފައިވެއެވެ. އަދި އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރިޔަށް ގެންދިޔަ މަޝްރޫޢުގެ ނިމުން ވަނީ ފާހަގަކޮށްދެއްވައިފައެވެ.

އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ރައީސް ޞާލިޙް ވަނީ ބައްދަލު ކުރައްވަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް ޞާލިޙް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި 15 ޖުލައި ގައި ވަނީ މ ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށް ވަޑައިގެންފައިވެއެވެ. އަދި އިއްޔެ މ ވޭވަށް، ރަތްމަންދޫ، ދިއްގަރު އަދި މަޑުއްވަރިއަށް ވަޑައިގެންފައިވެއެވެ.

މިއަދު ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ވ ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދުއަށެވެ.

ރިޔާސީ ކެމްޕޭނުގެ ތެރެއިން ރައީސް މިދިޔަ ހަފްތަގައި ވަނީ ށ އަދި ކ ގެ ބައެއް ރަށްރަށަށްވެސް ވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.