އެމްޑީއޭގެ ނައިބުރައީސް މައުރޫފު ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
17 Jul 2023 | 12:11
އެމްޑީޕީއަށް 2013 ގެއްލުނީ ރައީސް ނަޝީދު ނެރުނީމަ: މައުރޫފު

2013 ވަނަ އަހަރުގެ ސިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލުނީ އެ ޕާޓީން އެ އަހަރު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް މުޙައްމަދު ނަޝީދު ނެރުމުންކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ. 

މައުރޫފު މިފަދައިން ވިދާޅުވެފައި ވަނީ މ ދިއްގަރުގައި ބޭއްވި ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

މައުރޫފު ވިދާޅުވީ އެމްޑީއޭ އުފައްދައިގެން އެންމެ ފުރަތަމަ އެ ޕާޓީން ކުރިމަތިލި އިންތިޚާބަކީ 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ކަމަށެވެ. 

އެމްޑީޕީއަކީ އެމްޑީއޭ ގަބޫލުކުރާ ސިޔާސަތުތަކެއް ގެންގުޅޭ ޕާޓީއަކަށް ވީ ނަމަވެސް އެ އިންތިޚާބުގައި އެމްޑީއޭއިން އެމްޑީޕީގެ ފަހަތަށް ނޭރީ ޕާޓީން ނެރެފައި ހުރި ރިޔާސީ ކެންޑިޑޭޓުގެ ސަބަބުންކަމަށް މައުރޫފު ވިދާޅުވި އެވެ. 

އެ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވީ ރައީސް މުޙައްމަދު ނަޝީދެވެ. މައުރޫފުގެ ވާހަކައިގައި ވަނީ އެ އިންތިޚާބުގައި އެމްޑީއޭއިން ނަޝީދަށް ތާއީދު ނުކުރަން ނިންމި ސަބަބުތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ. 

އެގޮތުން މައުރޫފު ވިދާޅުވީ ނަޝީދަކީ އިސްމާމްދީނަށް ކުޑައިމީސްވާ ގޮތަށް އެތައް ވާހަކައެއް ދައްކަވަމުން ގެންދެވި ބޭފުޅެއްކަމަށެވެ. އަދި ނަޝީދު ދައްކަމުންދިޔަ އިސްލާމްދީނާއި ނުކަސިޔާރު ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ވެސް ބޮޑު ނުތަނަވަސްކަމެއް އުފެދިގައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެމްޑީއޭގެ ނައިބުރައީސް މައުރޫފު

"އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއް. އެމްޑީޕީއަކީ ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ދެމިއޮތް ޕާޓީއެއް. އެހެން ނަމަވެސް އެވަގުތު (2013ގައި) ކެންޑިޑޭޓަކަށް ހުންނެވި ބޭފުޅާގެ އިސްލާމްދީނާއި ނުކަސިޔާރު ވާހަކަތަކެއް ދެއްކުމުގެ ސަބަބުން އަދި އިސްލާމީ އަގީދާއާއި ފުށުއަރާ އެތައް ވާހަކަތަކެއް ދެއްކުމުގެ ސަބަބުން ރައްޔިތުން އެމަނިކުފާނާއި ދޭތެރޭގައި ހިތެއް ރަނގަޅެއް ނޫން. ރައީސް ނަޝީދުގެ ވާހަކަ މި ދައްކަނީ"

އެމްޑީއޭގެ ނައިބުރައީސް މައުރޫފު

މައުރޫފު އިތުރަށް ވިދާޅުވީ އެމްޑީއޭއިން 2013 ގެ ރިޔާސީ އިންތިޚާބުގައި ނަޝީދުގެ ފަހަތަށް ނޭރި ދެވަނަ ސަބަބަކީ އޭނާ އަކީ ވެރިކަން ކުރައްވަން ލިބިވަޑައިގަތީމަ، އަމިއްލަފުޅަށް އިސްތިއުފާދެއްވި ބޭފުޅަކަށް ވާތީ ކަމަށެވެ. އަދި އެފަދަ ބޭފުޅަކަށް އަލުން އަނބުރާ ވެރިކަން ދޭން ރައްޔިތުން ބޭނުންނުވާތީ ކަމަށެވެ. 

އެމްޑީޕީއަކީ ސިޔާސީ ކަންކަމުގައި އަބަދުވެސް ކުރީގައި އުޅޭ ޕާޓީއެއް ނަމަވެސް 2013 ގެ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ގެއްލުނީ ނަޝީދު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމުންކަމަށް މައުރޫފު ވިދާޅުވި އެވެ. އަދި ނަޝީދާއެކު ކޯލިޝަން ހަދަން އެއްވެސް ސިޔާސީ ލީޑަރެއް ބޭނުންފުޅު ނުވިކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެމްޑީއޭގެ ނައިބުރައީސް މައުރޫފު

"އަޅުގަނޑު ދަންނަވާލަން އޮތީ އެމްޑީޕީއަށް 2013 ގެއްލިގެން ދިޔަ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝިދު ކެންޑިޑޭޓެއްގެ ގޮތުގައި ނިކުތީމައޭ، އެހެންވެގެންނޭ އެމަނިކުފާނާއި އެކީގައި ކޯލިޝަނަކަށް ދާނެ އެއްވެސް ޕާޓީއެއް ނުވީ" 

އެމްޑީއޭގެ ނައިބު ރައީސް މައުރޫފު

މައުރޫފު މީގެކުރިން ވެސް ފާހަގަކުރި ގޮތަށް ދިއްގަރު ޖަލްސާގައި ވެސް ވިދާޅުވީ އެމްޑީއޭ 2018 އިން ފެށިގެން އޮތީ ރައީސް ޞާލިހާއެކު އެކުގައި ކަމަށެވެ. އަދި އެމަނިކުފާނަށް ވެރިކަމުގެ ދދެވަނަ ދައުރެއް ހޯއްދަވާ ދެއްވުމަށް މިހާރުވެސް އެމްޑީއޭ އޮތީ ރައީސް ޞާލިހާއެކު "ގަދަކޮށް" ކަމަށެވެ. 

މިހާރު މިއޮތް ކޯލިޝަނާއެކު ރައީސް ޞާލިހު ފަސޭހަކަމާއެކު ރިޔާސީ އިންތިޚާބު ނަގާތަން ފެނިވަޑައިގަންނަވާކަމަށް މައުރޫފު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.