ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކެޔޮދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ އެމްޑީޕީ
ހަބަރު
17 Jul 2023 | 14:55
ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫއު ލަސްތަކެއް ނުވެ ވ އަތޮޅުގައި ފަށާނަން: ރައީސް ޞާލިހު

ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫއު، ލަސްތަކެއް ނުވެ ވ އަތޮޅުގައި ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވ. ކެޔޮދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު މިއަދު ވިދާޅުވީ ވ އަތޮޅަކީ އާބާދީގެ ގޮތުން މީސްކޮޅު މަދު ރަށެއް ނަމަވެސް، އެ އަތޮޅުގައި އިގްތިޞާދީ ގޮތުން ގިނަ މަސައްކަތް ތަކެއް ކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށެވެ. އެގޮތުން ލަސްތަކެއްނުވެ ރާއްޖޭގައި ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު އެ އަތޮޅުގައި ފަށްޓަވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

"ރާއްޖޭގައި ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު އެއް މަޝްރޫއު އިރާދަކުރެއްވިޔާ ލަސްތަކެއް ނުވެ މި އަތޮޅުގައި ފެށިގެންދާނެ. އަޅުގަނޑު އޭގެ ތަފްސީލް ތައް އިރާދަކުރެއްވިޔާ ކުރިއަށް އޮތް ތަނުގައި ތިޔަ ބޭފުޅުންނަށް ދެމުން ގެންދާނަން. ޓޫރިޒަމްގެ ބޮޑު އެ މަޝްރޫއު ފެށިގެންދާއިރުގައި ވައިގެ މަގުން މި އަތޮޅާއި ގުޅިގެންދާނެ،" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ސޯލިހު ވިދާޅުވީ މަޝްރޫއުގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާ ކަމަށާއި މާދަމާ އޮންނަ އިކޮނޮމިކް ކައުންސިލްގައި ބައެއް އިތުރު ކަންކަން ނިމިގެންދާނެ ކަމަށެވެެ. އަދި އެއަށްފަހު އޮންނާނީ އަމަލީގޮތުން ކުރަންޖެހޭ ކަންކަން ފެށުން ކަމަށްވެސް ވިދާޅުވި އެވެ. 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ އެ ހުރިހާ ކަމެއް ނިމިގެން ދާއިރު، ވ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހައްދަވާނެ ކަމަށެވެ. 

ވ އަތޮޅަކީ ރާއްޖޭގައި އޮތް އާބާދީގެ ގޮތުން އެންމެ ކުޑަ އަތޮޅު ނަމަވެސް މިހާރު ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި އެންމެ ބޮޑަށް ފުޅާވަމުންދާ އެއް އަތޮޅަކީވެސް އެ އަތޮޅެވެ. ކުރީގެ ސަރުކާރުތަކުން ވަނީ ވ. އަތޮޅު ބޮޑުމޮހޮރާގައި ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގަން އިއުލާނުކުރި އެވެ. ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.