ވ. ފޮއްތެޔޮ ފަޅުގެ ގޫގަލް އިމޭޖު/ ފޮޓޯ: އިންޓަނެޓު
ހަބަރު
18 Jul 2023 | 07:33
ކެމްޕޭނަށް ފައިސާ ހޯދަން، ފޮއްތެޔޮ ފަޅު ވިއްކަން ކުރާ މަސައްކަތް ހުއްޓާލާ: އިދިކޮޅު

މި ސަރުކާރުން ވ. ފޮއްތެޔޮ ފަޅު ނުއަގުގައި ވިއްކާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށާއި، އެފަޅު ވިއްކާލިޔަސް، ޕީޕީއެމްގެ ވެރިކަމެއްގައި އަނބުރާ ސަރުކާރަށް ހޯދާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން (އިދިކޮޅުން) ބުނެފި އެވެ. 

އިދިކޮޅު ކޯލިޝަނުން މިފަދައިން ބުނެފައިވަނީ ފޮއްތެޔޮ ފަޅު ވިއްކާލުމަށް ސަރުކާރުން މަސައްކަތްކުރަމުން ދިއުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެ ކޯލިޝަނުން ނެރުނު ބަޔާނެއްގަ އެވެ. 

އިދިކޮޅު ކޯލިޝަނުން ބުނީ ވ. ފޮއްތެޔޮ ފަޅަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި މުޅި ދުނިޔޭގެ 3 ވަނައަށް އެންމެ ބޮޑު ފަޅުކަމަށް ވާއިރު، މި ސަރުކާރުން ނުއަގުގައި އެ ފަޅު ވިއްކާލަން އުޅޭކަމުގެ މައުލޫމާތު އެ ކޯލިޝަން ލިބިފައިވާކަމަށެވެ. އަދި އެ ފަޅު ވިއްކާލަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޚަރަދުކުރާނެ ފައިސާ ހޯދުމަށްކަން ވެސް އެ ކޯލިޝަނަށް އެނގިފައިވާ ކަމަށެވެ. 

އިދިކޮޅުން ބުނީ ރައީސް ޞާލިހުގެ ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ދިވެހިރައްޔިތުންގެ ހަރުމުދާ ވަކި ބަޔަކަށް މަންފާވާ ގޮތަށް ވިއްކާލުމަކީ ފަހަރެއްގައި ވެސް އެ ކޯލިޝަނުން ބަލައިގަންނާނެ، އަދި ރައްޔިތުން ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. 

އޭގެ އިތުރުން އެކަމަކީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފުކަމަށް ވާތީ މިހާރުން މިހާރަށް އެކަން ހުއްޓާލުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. 

އެއާއެކު އިދިކޮޅުން ވަނީ ފޮއްޔެތޮ ފަޅު ވިއްކާލުމަށް ސަރުކާރުން ކުރަމުންދާ ކަންކަން، އަވަސްކޮށް ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮވާލާފަ އެވެ. 

އެކަންކަން ފާހަގަކޮށް އިދިކޮޅުން ބުނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، އަދި ނުއަގުގައި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް މި ސަރުކާރުން ހަދާ އެއްބަސްވުންތައް ބާތިލުކޮށް އެފަދަ ތަންތަން ދޫކޮށްފައިވާ ފަރާތްތަކުގެ އަތުން އެ ތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލާނެކަމުގެ ޔަގީންކަން ދެއްވާކަމަ ށެވެ. 

އެހެންކަމުން ކުންފުނިތަކުން ވެސް ޤާނޫނާއި ޚިލާފަށް ނުއަގުގައި ދޫކުރެވޭ ތަންތަނާއި ހަވާލުވުމުގެ ބަދަލުގައި އެފަދަ އެއްބަސްވުންތަކާއި ދުރުވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ. 

އިދިކޮޅުން ބުނީ އެފަދަ މުއާމަލާތްތަކުގައި ބައިވެރިވާ ސަރުކާރުގެ އެކިއެކި ފަރާތްތަކާއި ޤާނޫނު އަރާ ހަމަކުރާނެކަން ވިސްނަވައިގެން ތިއްބެވުމަށް ވެސް ގޮވާލާކަމަ ށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.