މެމްބަރު ވަހީދު ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ދެން
ހަބަރު
18 Jul 2023 | 07:25
ބޮޑުންގެ ކުންފުނިތަކަށް މަޝްރޫއުތައް ދީގެން ކްލާސްރޫމެއް އެޅެނީ ގެއެއް ހެދޭ އަގުގައި: ވަހީދު

ސަރުކާރުގެ އިސްވެރިންގެ ކުންފުނިތަކަށް މަޝްރޫއުތައް ދީގެން މި ސަރުކާރަށް ކްލާސް ރޫމެއް ހަދާ ނިމެނީ ހަތަރު ފަސް ކޮޓަރީގެ ގެއެއް އަޅާ ނިންމާހާ ބޮޑު ޚަރަދުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ. 

ވަހީދު މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރުން ހިންގާ އެންމެ އާދައިގެ މަޝްރޫއުތަކުގެ ޚަރަދުތައް ވެސް އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

ވަހީދު ވިދާޅުވީ (ސަރުކާރަށް ތާއީދުކުރާ) ރައްޔިތުންގެ މަޖިލީހުގެ ކޮންމެވެސް މެމްބަރެއްގެ ނުވަތަ ސަރުކާރުގެ އިސްވެރިއެއްގެ ކުންފުންޏަކާއި ސަރުކާރުގެ ޕްރޮޖެކްޓުތައް ހަވާލުކުރުމުގެ ނަތީޖާއަށް ވަގެންދަނީ އާދައިގެ ކްލާސްރޫމެއް ހަދަން ތިން، ހަތަރު ކޮޓަރީގެ ގެއެއް އަޅަންކުރާ ޚަރަދު ކުރަން ޖެހުން ކަމަށެވެ. 

"ކޮންމެވެސް މެމްބަރެއް ނުވަތަ ސަރުކާރު ބޮޑެއްގެ ކުންފުންޏަކަށް ކޮންޓްރެކްޓް ދީގެން ހަދާ އެންމެ ކްލާސްރޫމަކަށް ޖެހޭ އަގަކީ، ހަތަރު ފަސް ކޮޓަރީގެ ގެއެއް ހަދާނިންމޭހާ ބޮޑު އަގަކަށްވީމާ، މިވާއެއްޗަކާ މެދު ރައްޔިތުން ވިސްނާލަންޖެހެއެވެ"

އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު

އެކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ ކުދި ކުދި މަޝްރޫއުތަކަށް ބޮޑެތި ޚަރަދުތައް ސަރުކާރުން ކުރަމުންދާއިރު އެ ޚަރަދުތައް ކުރަމުންދަނީ ރައްޔިތުންގެ ފައިސާއިން ކަމަށެވެ. 

އެހެންކަމުން ރައްޔިތުންގެ ފައިސާ އިސްރާފުވާގޮތަށް ޕްރޮޖެކްޓުތައް ހިންގުމުގެ ނަމުގައި ސަރުކާރުގެ އިސްވެރިންގެ ކުންފުނިތަކަށް މި ސަރުކާރުން ކުރަމުންދާ ބޮޑު ޚަރަދާއި ދޭތެރޭގައި ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭކަމަށް ވަހީދު ވިދާޅުވި އެވެ. 

އޭނާ މިފަދައިން ވިދާޅުވެފައިވާއިރު، އެކި ފަރާތްތަކާއި ހަވާލުކޮށްގެން ރަށްރަށުގައި ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ނުނިމި ދިގުލައިގެންދާ ކަމުގެ ޝަކުވާތައް ރައްޔިތުން ދަނީ އުފުލަމުން ނެވެ. 

ރައީސް ޞާލިހު ރިޔާސީ ކެމްޮޕޭނަށް މ އަދި ވ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެސް ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ނުނިމި ދިގުލައިގެންދާކަމުގެ ޝަކުވާތައް ވަނީ ރައީސް ޞާލިހާއި ހިއްސާކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.