ޝިދާތާ އަދި ހޯމް މިނިސްޓަރު އިމްރާނު/ ފޮޓޯ: ވޮއިސް
ހަބަރު
18 Jul 2023 | 14:30
ޝިދާތާ އިމްރާނަށް: ތި އެންމެން ޖަލުން ސަލާމަތްކުރީ މުޒާހަރާކޮށްގެން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ދެވަނަ ދައުރެއްގައި މަގުމަތީގައި މުޒާހަރާކޮށް އަޑުއފުލުމުގެ ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަދި ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުالله ދެއްކެވި ވާހަކަތަކަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ރައްދުދެއްވައިފި އެވެ. 

ރައީސް ޞާލިހު މ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތިޅުގެ ބައެއް ރަށްތަކުން އެމަނިކުފާނާއި ދެކޮޅަށް މުޒާހަރާކޮށް، އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލުމާއި ގުޅިގެން އިމްރާނު ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. 

އެގޮތުން  ދިއްގަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިމްރާނު ވިދާޅިވީ ސިޔާސީ މަސައްކަތް ކުރުމަށް މަގުމަތީގައި މުޒާހަރާކުރުމަކީ މި ޒަމާނާއި ފެތޭކަމެއް ނޫން ކަމަށެވެ. އަދި ރައީސް ޞާލިހުގެ ދެވަނަ ދައުރެއްގައި އެފަދައިން މަގުމަތީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. 

ހޯމް މިނިސްޓަރު އިމްރާނު

"الله އިރާދަކުރެއްވިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި، އަންނަން އޮތް ސަރުކާރުގައި މިކަން އިތުރަށް ސާބިތުކޮށްދީ އަމާން ރާއްޖެއަކަށް މިރާއްޖެ ހަދާނަން. އެޖާގައެއް ނުދޭނަން. މިރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގާކަށް ދެނެއް ގަޔަށް ލޮލަށް ބޮލަށް އަރާ ވެލިއުކާކަށް ޖާގައެއް ނުދޭނަން"

ހޯމް މިނިސްޓަރު އިމްރާނު 

އިމްރާނުގެ އެ ވާހަކަތަކަށް ޝިދާތާ ވަނީ ޓްވީޓާގައި ރައްދުދެއްވާފަ އެވެ. ޝިދާތާއަކީ އަދާލަތު ޕާޓީގައި މީގެ ކުރިން ހުންނެވި ބޭފުޅެކެވެ. 

އެގޮތުން ޝިދާތާ ވިދާޅުވީ މުޒާހަރާއާއި ދެކޮޅަށް މިއަދު ވަކާލާ ކުރައްވަމުން ގެންދަވާއިރު، ހޯމް މިނިސްޓަރު އިމްރާނު ވެސް ޖަލު ބަންދުން ސަލާމަތް ވެގެންދިޔައީ ރައްޔިތުންތަކެއް ނިކުމެ ކުރި މުޒާހަރާތަކުގެ ސަބަބުން ކަމަށެވެ. 

ރައީސް ޔާމިނުގެ ޒައާމަތުގައި އިމްރާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވާ ޖަލުގައި ބަންދުކުރުމާއި ގުޅިގެން ރައްޔިތުން ފުރަމާލޭގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވެއެވެ. ޝިދާތާގެ ޓްވީޓުގައި އިޝާރާތްކުރީ ކުރީގެ ސަރުކާރުގައި އިދިކޮޅުގައި ތިބިގެން ހިންގި މުޒާހަރާތަކަށެވެ. 

ޝިދާތާ ޝަރީފު

ޝިދާތާގެ އެ ޓްވީޓުގައި ވަނީ ރައީސް ޞާލިހާއި މިނިސްޓަރު އިމްރާނު ވެސް ޓެގުކުރައްވާފަ އެވެ.

"ތި އެންމެން ޖަލުން ސަލާމަތްކުރީ މުޒާހަރާކޮށްގެން. އަދިވެސް މުޒާހަރާކުރަން ވެއްޖެއްޔާ ކުރާނަން. ނުވެސް ހުއްޓުވޭނެ"

ޝިދާތާ ޝަރީފު

ރައީސް ޞާލިހުގެ ދެވަނަ ދައުރެއްގައި މުޒާހަރާކޮށް މަގުމަތީ ހަރަކާތްތައް ހުއްޓުވާނެކަމަށް ވިދާޅުވެ އިމްރާނު ދެއްކެވި ވާހަކަތަކަށް ގިނަބައެއްގެ ނުރުހުން އަމާޒުވެފައިވާއިރު، މިނިސްޓަރު އިމްރާނަކީ ވެސް އިދިކޮޅުގައި ހުންނެވި އިރު އޭރުގެ ސަރުކާރާއި ދެކޮޅަށް ކުރި ބޮޑެތި މުޒާހަރާތައް ލީޑުކުރި ބޭފުޅެކެވެ. 

އަދި އޭރު ބޭއްވި މުޒާހަރާތަކުގައި އިމްރާނު ވަނީ ކުރީގެ ރައީސް ޔާމިނުގެ އިސްތަށިފުޅުގައި ޑރ އަފްރާޝީމްގެ ގަތުލާއި ގުޅިގެން ބޮޑެތި އިލްޒާމުތައް އަޅުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.