ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު--
ހަބަރު
18 Jul 2023 | 16:39
"ބިރަކީ ޝާހިދު ނާއިބު ރައީސްއަކަށް ވެއްޖެނަމަ ދައުރު ފުރިހަމަ ކުރިޔަ ނުދޭނެކަމުގެ ބިރު"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންމޭޓު ކަމަށް ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު، ކަނޑައަޅުއްވައިފި ނަމަ، އެމަނިކުފާނުގެ ރައީސް ކަމުގެ ދައުރު ފުރިހަމަ ކުރިޔަ ނުދެއްވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންމޭޓް ކަމަށް ކަނޑައަޅާނެ ބޭފުޅަކާއި ގުޅޭގޮތުން ކޮންމެ ރެއަކުހެން އެކި ބޭފުޅުންނާއި މަޝްވަރާތައް ކުރައްވާ ކަމަށާ، އަދި އެ ބޭފުޅުން އެކި ނަންތައް ހުށަހަޅުއްވަމުން ގެންދަވާ ކަމަށް އިއްޔެ ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

އެކަމާއި ގުޅިގެން ތާރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަނިންގމޭޓް ނެގުމުގައި ރައީސް ޞާލިހަށް އިހުތިޔާރެއް ނެތް ކަމަށެވެ. އެ މަގާމަށް މިނިސްޓަރު ޝާހިދު ކަނޑައެޅުއްވުން ނޫން ގޮތެއް ނެތް ކަމަށްވެސް ޠާރިގު ވިދާޅުވި އެވެ. 

"އޮތް ހަމައެކަނި ގޮތަކީ ޝާހިދު ނެގުމެވެ. ބިރަކީ ޝާހިދު ނާއިބު ރައީސްއަކަށް ވެއްޖެނަމަ މަނިކުފާނު އެ ދައުރެއް ފުރިހަމަ ކުރިޔަކަނުދޭނެކަމުގެ ބިރެވެ." ޠާރިގު ވިދާޅުވި އެވެ. 

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު--

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ވ އަދި މ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ، އެމަނިކުފާނު މިވަގުތު ކުރައްވަން އޮތް ކަންކަމުގެ ތެރެއިން އެންމެ އުނދަގޫ ކަމަކީ ރަނިންމޭޓް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ. އެހެންކަމުން، އެކަމާއި ގުޅިގެން އެމްޑީޕީގެ އިސް ފަރާތްތަކާއި ކޮންމެ ރެއަކުހެން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާ، އަދި އެބޭފުޅުން އެކި ނަންތައް ހުށަހަޅުއްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ،"  ރައީސް ޞާލިހު ވިދާޅުވި އެވެ..

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.