ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހޯރަފުށީގައި ވާހަކަދައްކަވަނީ-- ފޮޓޯ/ ވޮއިސް
ހަބަރު
19 Jul 2023 | 11:08
މި ދައުރުގެ ތެރޭގައި އިތުރު ފަސް އެއާޕޯޓް ގެ މަސައްކަތް ފަށާނަން: ރައީސް ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ދައުރުގެ ތެރޭގައި އިތުރު 5 އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ހޯރަފުށްޓަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިހު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި ހޯރަފުށީގެ ތަރައްޤީއަށް މާ ބޮޑު ކަމެއް ކުރެވިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި އެ ރަށަށް ގިނަ ކަންކަން ކޮށްދެވިފައިވާ ކަމަށް ވިދާޅުވިއެވެ. 

އެގޮތުން އެމަނިކުފާނުގެ ދައުރުގައި އެޅަންފަށައި ނިންމި ފުރަތަަމަ އެއާޕޯޓަކީ ހޯރަފުށީ އެއާޕޯޓް ކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ މިހާރުވެސް 4 އެއާޕޯޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 

މިރަށުގައި އެއާޕޯޓް ތަރައްގީ ކުރެވިއްޖެ. އަޅުގަނޑުމެން މި ދައުރުގައި އަޅަންފެށި އަދި ހުޅުވި ފުރަތަަމަ އެއާޕޯޓް. މިހާރު ހަތަރު އެއާޕޯޓް ގެ މަސައްކަތް ރައްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ކުރިއަށްދޭ. މި ދައުރު ނިމުމުގެ ކުރިން އިރާދަކުރެއްވިޔާ އޭގެ އިތުރު ފަސް އެއާޕޯޓް ގެ މަސައްކަތް ރާއްޖޭގެ ކަންކޮޅުތަކުގައި ފަށާނަން. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ އެއާޕޯޓް ތައް އެޅުމުގެ ބޭނުމަކީ މުޅި ރާއްޖެއެކު އެކީގައި ތަރައްޤީ ކުރުމަށް ކަމަށެވެ. 

މި ސަރުކާރުން އަޅަން ފަށާފައިވާ، އަދި ނިންމާފައިވާ އެއާޕޯޓް ތަކުގެ ތެރޭގައި އަލިފުށީގައި އަޅާ އެއާޕޯޓާއި، ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، މ. މުލި، ފ. މަގުދޫ، ތ. ވިލުފުށި އަދި ރ. އަތޮޅުގެ އިތުރު ރަށެއްގައި އަޅާ އެއާޕޯޓް ހިމެނެއެވެ. މިއަހަރު ނިމުމުގެ ކުރިން މ. މުލި އެއާޕޯޓް ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މީގެ ކުރިން ބުނެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.