އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު/ ފޮޓޯ: ވޮއިސް
ހަބަރު
20 Jul 2023 | 09:08
ރައީސް ޞާލިހުގެ 5 އަހަރު އިހަވަންދޫއަށް 50 އަހަރުން ނުގެނުވު ތަރައްގީ ގެނެސްދީފި: ޝިފާއު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ 5 އަހަރު ތެރޭ އިހަވަންދޫއަށް މާޒީވި 50 އަހަރުން ނުގެނެސްދެވުނު ތަރައްގީ ގެނެސްދެއްވާފައިވާކަމަށް އެ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ. 

ޝިފާއު މިފަދައިން ވިދާޅުވެފައި ވަނީ ހއ އިހަވަންދޫގައި ބޭއްވި ރައީސް ޞާލިހުގެ ރިޔާސީ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ޝިފާއު ވިދާޅުވީ ރައީސް ޞާލިހަކީ އިހަވަންދޫގެ ޗާޓު ބަދަުކޮށްދެއްވި ރައީސް ކަމަށެވެ. އެގޮތުން މީގެ ކުރިން އެއްވެސް ސަރުކާރުން އިހަވަންދޫގެ ބިން ހިއްކައި ނުދީ އޮތއްވާ އެ ބިން ހިއްކައިދިނީ ރައީސް ޞާލިހު ކަމަށާއި، އެކަމަށްޓަކައި އިހަވަންދޫ ރައްޔިތުން ވެސް އަބަދުވެސް ޝުކުރުވެރިވާނެ ކަމަށް ޝިފާއު ވިދާޅުވި އެވެ. 

އޭގެ އިތުރުން ޝިފާއު ވިދާޅުވީ ހއ އަތޮޅުގެ ރައްޔިތުންގެ އަޑު އެއްސެވި ރައީސަކީ ރައީސް ޞާލިހު ކަމަށެވެ. އަދި އިހަވަންދޫއަށް އެމަނިކުފާނު ކޮށްދެއްވި ކަންކަން ރައްޔިތުން ބަލައިގަނެ އެކަން އިންތިޚާބުގެ ނަތީޖާއިން ދައްކާނެކަމަށް ޝިފާއު ވަނީ ވިދާޅުވެފަ އެވެ. 

"ރައީސުލްޖުމްހޫރިއްޔާ އަކީ މި އިހަވަންދޫއަށް ވޭތުވެދިޔަ 50 އަހަރު ނުކޮށްދޭ ޚިދުމަތްކޮށްދިން، ވޭތުވެދިޔަ 50 އަހަރު މި ފަސްގަނޑަށް ނުގެނެސްދިން އުމުރާނީ ތަރައްގީ އެންމެ 5 އަހަރުން ގެނެސްދިން ރައީސް"

އިހަވަންދޫ މެމްބަރު ޝިފާއު

ޝިފާއު ވިދާޅުވީ އިހަވަންދޫއަކީ އެމްޑީޕީގެ ރަށެއް ކަމަށެވެ. މިހާތަނަށް ވެސް އިންތިޚާބުތަކުގައި އިހަވަންދޫއިން ވަނީ އެމްޑީޕީއަށް ގޮނޑިތަކެއް ކާމިޔާބުކޮށްދީފައި ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް ރައްޔިތުން އެ ނަތީޖާ ނެރޭނެކަމަށް ޝިފާއު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.