އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް--
ހަބަރު
20 Jul 2023 | 09:38
ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ބައެއް ނަގައިފި

އައިޖީއެމްއެޗްގައި ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ބައެއް ނަގައިފިއެވެ.

މިކަން ހާމަކޮށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހޮސްޕިޓަލުގެ ދަ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރެޓޮރީ މެޑިސިން ޓީމުން، ކުއްޖެއްގެ ފުއްޕާމޭގެ ކަނާއަތު ފަޅިން ކުޅެން ގުންގުޅޭ ސޮފްޓް ޓޯއީއެއްގެ އަޑު ގޮވާ ތަންކޮޅު ނަގާފައިވާ ކަމަށެވެ.

އަދި ބެލެވޭ ގޮތުގައި އެ ހާދިސާ ހިނގީ އޭގެން އަޑު ގޮއްވަން ފުމެއް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށްވެސް ޑޮކްޓަރ ވިދާޅުވި އެވެ. 

"ހީވާގޮތުން އެ ކުއްޖާ އުޅުނީ އޭތި ދެ ތުންފަތް ދޭތެރޭގައި ބާއްވައިގެން ފުމުމުން އަޑު ގޮވާތީ، އޭނާގެ ކޮއްކޮއަށް އެ މަންޒަރު ދައްކަން. އެހެން ނަމަވެސް އެކަން ބިރުވެރި ހާދިސާއަކަށްވެ، ނޭގުމެއްގެ ތެރެއިން އެ ކުއްޖާއަށް އޭތި ދިރުވާލެވުނީ". ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން މުހައްމަދު އަލީ ވަނީ ދެ ތުންފަތް ދޭތެރޭގައި އެފަދަ ފުމެގެން ކުޅޭ އެއްޗެހި ލައިގެން އުޅުމީ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. 

ޑޮކްޓަރު ވަނީ މިކަމުގައި ރޭޑިއޮލޮޖީ ޓީމާއި، އަދި މިކަމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރު ލުމާއި އެ ޓީމުގެ މަސައްކަތް ފާހަގަކުރައްވާފައެވެ. 

މިފަދަ ތަކެތީގެ އިތުރުންވެސް, ރުފިޔާ ފޮއްޗާއި، ޕިނާއި, އެނޫންވެސް ކުދި ކުޅޭ ތަކެތި ކުދިންގެ އަތުގައި ޖެހޭ ހިސާބުގައި ނުބެހެއްޓުމާއި، އެފަދަ ތަކެތި އަނގަޔަށް ނުލުމަށް ޑޮކްޓަރުން އަބަދުވެސް އިރުޝާދު ދެއްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.