ސަން ސިޔާމް--
ހަބަރު
20 Jul 2023 | 11:10
ސިޔާމް ސިންގަޕޫރަށް ވަޑައިގަތުމުން ޕާސްޕޯޓް ހިފަހައްޓައިފި

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕެއިންގައި އުޅުއްވުމަށް ފަހު، ސިޔާމް ސިންގަޕޫރަށް ވަޑައިގެންފައިވާ އިރު، "ވޮއިސް" ކަށަވަރުވެފައިވާ ގޮތުގައި ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހިލްޓަން އިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ ސަން ޓްރެވަލްސް އިން ނ. އިރުފުށީގެ އެއްބަސްވުން ބާތިލުކުރީ 30 އޭޕްރިލް 2013ގަ އެވެ. އެއްބަސްވުން ބާތިލުކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅުމުން، އާބިޓްރޭޝަނުން 'ފައިނަލް އެވޯޑް' ނެރެ ސަން ޓްރަވަލްސްއަށް އެންގީ 20.9 މިލިއަން ޑޮލަރާއި ޖޫރިމަނާ އާއި އިތުރު ހަރަދުތައް ދެއްކުމަށެވެ. 

އެވޯޑުގެ މައްސަލަ ސިންގަޕޫރުގެ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ސަން ޓްރެވަލްސްގެ ހުރިހާ އެކައުންޓުތަކެއް ހިފަހައްޓަން އަމުރު ކުރި އެވެ. 

ނަމަވެސް އެ ފައިސާ ސިޔާމް ކުންފުނިން ނުދައްކާތީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމަށް ހިލްޓަން އިން ރާއްޖޭގެ ކޯޓަށް މައްސަލަ ހުށަހެޅީއެވެ. 

މިމައްސަލާގައި މިއަހަރުގެ ފެބްރުއަރީމަހު ރާއްޖޭގަ ސިވިލް ކޯޓުން ކުރި ހުކުމުގައިވެސް ބުނެފައިވަނީ ސިންގަޕޫރު އާބިޓްރޭޝަންގެ އެންގުން ބަލައިނުގަވެނޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ. އެހެންކަމުން ބާކީ ދައްކަން ޖެހޭ ފައިސާ އަދި ޖޫރިމަނާއަށް އަރަމުން އަންނަ ފައިސާ، 14 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފައެވެ.

މި މައްސަލައިގައި ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ރާއްޖޭގެ ސިވިލް ކޯޓުން ވެސް މީގެ ކުރިން އަމުރު ކުރިއެވެ. އެފަހަރު އަމުރު ކުރީ އެ މައްސަލާގައި ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކޮށްގެން ވެސް ފައިސާ ނުލިބުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމް ސިންގަޕޫރުން ފުރުން މަނާކުރުމުން، އެނބުރި ވަޑައިގަތުމަށް ގެންދަވަނީ ގާނޫނީ މަރުހަލާތައް ފުރިހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.