ރައީސް ޞާލިހު ގެ ރިޔާސީ ކެންޕެއިންގެ ތެރެއިން-- ފޮޓޯ/ އެމްޑީޕީ
ހަބަރު
20 Jul 2023 | 18:23
އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ތަރައްގީގެ މަޝްރޫއުތައް ހުއްޓިދާނެ: ރައީސް ޞާލިހު

މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން މި ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތައް ހުއްޓިދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތަކަންދުއަށް ވަޑައިގެން އެ ރަށުގެ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، އެމަނިކުފާނުގެ މި ސަރުކާރުން ރައްޔިތުންނަށް ވައުދުވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރުމަށާއި ހުރިހާ ރަށަކަށް ވެސް އަސާސީ ހިދުމަތްތައްް ހޯދައި ދެއްވަން ކަމަށެވެ.

އެގޮތުން، ތަކަންދޫ އަށްވެސް ގިނަ ކަންކަން ކޮށްދެއްވާފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށ،ް ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީ ނިޒާމް އެ އަތޮޅަށް ތައާރަފް ކުރުމާއި، ފެނާއި ނަރުދަމާގެ މަސައްކަތް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މިއާއެކު އެމަނިކުފާނު ވަނީ އެ ރަށުގެ ބަނދަރުގައި ބަދަލުކުރަން ޖެހޭ ކަންކަން ބަދަލުކުރާނެކަމަށާއި، އަދި ބަނދަރު ބޮޑުކުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ރަށުގެ ރައްޔިތުން އެދިފައިވާގޮތަށް އިޖުތިމާއީ މަރުކަޒެއް ގާއިމްކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ، ރާއްޖެއަށް ގެންނަން ފެށި ތަރައްގީީގެ މަސައްކަތްތައް އަދި ނުނިމޭކަމަށާއި، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ފާހަގަކޮށް، ބަނދަރުތައް ތަރައްގީކުރުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، އަދި ސުކޫލުތަކަށް އިމާރާތް އިތުރުކުރުންފަދަ އެތައް މަސައްކަތެއް އެއްފަހަރާ ކުރަން ޖެހިފައި އެބައޮތްކަމަށެވެ.

އެހެންނަމަވެސް، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ނުކުންނަ ނަތީޖާއަކުން އެ މަޝްރޫއުތައް ހުއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖެއަށް މި ގެންނަން ފެށި ބަދަލު އަދި ނުނިމޭ. ތަރައްޤީ ގެ މަޝްރޫޢު ތައް އަދި ނުނިމޭ. ގިނަ މަސައްކަތް ތަކެއް އަޅުގަނޑުމެން ނަށް ކުރަންޖެހިފައި އޮތް. އަދިވެސް އެބަހުރި ކުރަން ހުރި މަސައްކަތްތައް. މި ބޭއްވޭ އިންތިޚާބުގައި ނުކުންނަ ނަތީޖާ އިން އެކަންތައްތައް ހުއްޓިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑު ހިތުން ރާއްޖޭގެ އެއްވެސް ރައްޔިތަކު މިއަދަކު ނޭދޭނެ މި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓޭކަށެއް،"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ސާލިިހު ވިދާޅުވީ އެމްޑީޕީގެ މި ސަރުކާރުން ގާއިމްކޮށްދިން އުފާވެރިކަމާއި، އަމާންކަން ބީވެގެންދިޔަ ނުދީ ހިފަހައްޓަން ޖެހޭ ސަބަބަކީ ގައުމުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.