ސާމިރު އާއި އޯޕަން ވޯޓާ ޑައިވާ ކޯސް ފުރިހަމަ ކުރި ދަރިވަރުން--
ހަބަރު
21 Jul 2023 | 15:24
އިނގުރައިދޫ ޒުވާނެއްގެ ސްޕޮންސާޝިޕްގައި އެ ރަށު 4 ކުދިން އޮޕަން ވޯޓާ ޑައިވާ ކޯސް ފުރިހަމަ ކޮށްފި

ރ. އިނގުރައިދޫ ޕެޑި އިންސްޓްރަކްޓަރ އެއް ކަމުގައިވާ އަހުމަދު ސާމިރުގެ ސްޕޮންސާޝިޕް ގެ އެހީގައި އެ ރަށު 4 ދަރިވަރުން އޯޕަން ވޯޓާ ޑައިވާ ކޯސް ފުރިހަމަ ކޮށްފި އެވެ. 

ޕެޑި އިސްޓްރަކްޓާރ އެއްގެ ގޮތުގައި 20 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ސާމިރު ބުނެފައިވާ ގޮތުގައި އޭނާގެ ރަށް، އިނގުރައިދޫ ގެ އަރަމުން އަންނަ ޒުވާނުން ކުރިއަރުވައި، އެ ޒުވާނުންނަށްޓަކައި ކަމެއް ކޮށްދިނުމަށް އެނާގެ ހިތުގައި އަބަދުވެސް އެދުމެއް އޮވެއެވެ. އަދި، އެކަން ހާސިލު ކުރުމަށްޓަކައި އޭނާއަށް އެންމެ ރަނގަޅަށް ކޮށްދެވޭނެ ކަމަކީ އެކުދިންނަށް ޕެޑި އޯޕަން ވޯޓާ ޑައިވާ ކޯހެއް ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުން ކަމުގައި ވެސް އޭނާ ދެކުނެވެ. 

އެހެންނަމަވެސް، އެކަމަށް ބޭނުންވާ ތަކެތި އުނގޫފާރުން ލިބެން ނެތުމުން، އެ ރަށާއި ކައިރީ އޮންނަ ބްރެނިއާ ކޮށްޓެފަރު ރިސޯޓުގަ އެހީއަށް އެދުނު ކަމަށާ، އެކަމަށް އެ ރިސޯޓުގެ ފުރިހަމަ އެއްބާރުލުން ދިން ކަމަށްވެސް ސާމިރު ބުންޏެވެ. 

އެ ރިސޯޓުގެ އެހީގައި މިމަހު 15 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ކުރިއަށް ގެންދެވުނު މި ކޯހުގައި ބައިވެރިވެފައި ވަނީ އިނގުރައިދޫ ސުކޫލުގެ ގްރޭޑް 9 އެއްގައި ތައުލީމް ހާސިލް ކުރަމުންދާ، ހަތަރު ދަރިވަރުން ކަމުގައިވާ ހަސަން، ލޫތު، މުހައްމަދު ޝަޒުވާން އަދި މުހައްމަދު ރައްޔާން އެވެ. 

ކޯހުގައި ކިޔަވައިދިން މި ހަތަރު ދަރިވަރުންގެ ތިޔަރީބައި އޮންލައިންކޮށް ކުރިއަށް ގެންދެވުނުއިރު، އެކުދިން އެންމެ ފުރަތަަމަ ޑައިވް ކޮށްފައިވަނީ ބްރެނިއާ ކޮށްޓެފަރު ގެ މޫދުގައި ކަމަށް ސާމިރު ބުނެފައިވެއެވެ. އެއަށްފަހު، ދޯންޏެއްގައި އެ ރިސޯޓުގެ ފަރުގައި ވެސް އެކުދިން ފީނާފައިވާ ކަމަށާ، އެއީ އެކުދިންނަށް ވެސް ތަފާތު ތަޖުރިބާއެއް ކަމަށް ކުދިން ސިފަ ކުރާ ކަން ސާމިރު ފާހަގަކޮށްފައިވެއެވެ. 

މި ކަމާއި ގުޅިވައި ބްރެނިއާ ކޮށްޓެފަރު އިން ވަނީ ސާމިރުގެ މަސައްކަތައް ތައުރީފް ކޮށް، އޯޕަން ވޯޓާ އެމްބެސެޑަރުން ތަކެއް އުފެއްދި ކަމަށްޓަކައި އޭނާއަށް ޝުކުރު އަދާކޮށްފައެވެ..

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.