ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް-- ފޮޓޯ/ ވޮއިސް
ހަބަރު
21 Jul 2023 | 09:26
އަޅުގަނޑުގެ ވެރިކަމުގައި ފަރުވާއަށް ބޭރަށްދާ މީހުންގެ ހުރިހާ ހަރަދެއް ސަރުކާރުން ކޮށްދޭނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެއްޖެއެވެ. 

މާލޭ ދާއިރާގެ ޒުވާނުންނަށް ހާއްސަ ކޮށްގެން "35-18" ނަމުގައި ރޭ ބްރިޖް ޕްލެޓްފޯމްގައި ބޭއްވި ހަރަކާތަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ބޮޑެތި ބަލިތައް ދިމާވާ ޒުވާންނާއި އެނޫންވެސް ދިވެހިންނަށް ފުރިހަމަ ސިއްހީ ފަރުވާ ލިބޭނެ ކަމަަށެވެ.

އެގޮތުން، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން މަދުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަލި ބައްޔަށް ބޭސްފަރުވާ ކުރެވޭނެ ނިޒާމު ހަމަޖައްސަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ ނުވަތަ ދެވަނަ އަހަރު ފެށިގެންދާއިރު ސިއްހީ ފަރުވާ ހޯދޭނެ ފުރިހަމަ ވަސީލަތްތައް ގާއިމްކޮށް ރާއްޖޭން ބޭރަށް ދިޔުމުގެ ދަތި އުނދަގުލުން ދިވެހީން ސަލާމަތް ކޮށްދެއްވާނެ ކަމަަށް ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ، ބަލި ބައްޔަށް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށްދާ މީހުންގެ ހުރިހާ ހަރަދެއް އެމަނިކުފާނުގެ ސަރުކާރުން ހަމަޖައްސަވަައިދެެއްވާނެ ކަމަށެވެ.

"ރާއްޖޭން ބޭރަށް ދާނަމަ ހުރިހާ ހަރަދެއް އެހީތެރިއަކަށް ދާނެ ހަރަދާއި ތިބުމުގެ ހަރަދާއި ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ގޭގެ ހަރަދާއި ކޭންބުއިމުގެ ހަރަދާއި ހުރިހާ އެއްޗެއް އަޅުގަނޑުމެންގެ ސަރުކާރުން ފޯރުކޮށްދޭނެ،" 

ގާސިމް އިބްރާހިމް 

މީގެ އިތުރުން ގާސިމް ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގައި ވަޒީފާ އަދާކުރަންކެރޭ ހުރިހާ އެންމެނަށްވެސް، ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ޒުވާނުންނަށް ވަޒީފާ އަދާރުކުރެވޭނެ މަގު ތަނަވަސްކޮށްދީ، އެކަމުގެ ހުނަރުހުރި މީހުންނަށް ފައިސާގެ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދީ ޒުވާނުން ތަނަވަސް މީހުންނަށް ހެދުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"މިހެން ދަންވާއިރުވެސް އެންގިވަޑައިގަންވާނެ، ވަޒީފާއަކަށްދާއިރު، އެކުއްޖެއްގެ ސްކިލްހުރި ގޮތަކުން، އެކުއްޖެއްގެ ތައުލީމީ ފެންވަރު ހުރި ގޮތަކުން އެކުއްޖަކަށް ރަނގަޅު ވަޒީފާތައް ލިބުމާއި ނުލިބުން އޮންނާނީ. އެހެންނަމަވެސް ދަންނަވަން މިއުޅޭ ވާހަކައަކީ ޒުވާން އެއްވެސް ކުއްޖަކަށް ވަޒީފާއެއް ނުލިބި ހުންނާކަށް ނުޖެހޭނެއޭ."

ގާސިމް އިބްރާހިމް 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.