ސިޔާމު ރާއްޖެ ވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: އައްޑޫ ލައިވް
ހަބަރު
22 Jul 2023 | 12:53
ދިވެހި ދައުލަތަށް އެންމެ ގިނަ ޓެކްސް ދައްކަނީ ސިޔާމު: މައުރޫފު

ދިވެހި ދައުލަތަށް އެންމެ ގިނަ ޓެކްސް ދައްކަނީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމުކަމަށް އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ. 

މައުރޫފު މިފަދައިން ވިދާޅުވެފައި ވަނީ ސިޔާމު ސިންގަޕޫރުން ވަޑައިގަންނަވާތީ އޭނާއަށް މަރުހަބާ ދެންނެވުމަށް ރޭ އެއާޕޯޓަށް ވަޑައިގެން، މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. 

މައުރޫފު ވިދާޅުވީ ފާއިތުވި 25 އަހަރު އޭނާ ސިޔާމުއާއެކު، އޭނާގެ ވިޔަފާރީގެ އެކި ކަންކަމުގައި މަސައްކަތްޕުޅު ކުރައްވާފައިވާނެ ކަމަށެވެ. އަދި ސިޔާމާއެކު މަސައްކަތް ކުރެވުނު އެ ދިގު މުއްދަތުގެ ތެރޭގައި އޭނާގެ ތަޖުރިބާ ވެސް މައުރޫފު ވަނީ މީޑިއާއާއި ހިއްސާކޮށްފަ އެވެ. 

އެގޮތުން މައުރޫފު ވިދާޅުވީ ސިޔާމަކީ "ވަރަށް ކުލީން" ބޭފުޅެއް ކަމަށެވެ. އެމަނިކުފާނަކީ ވައްކަމާއި ކޮރަޕްޝަނުގައި ޖެހިވަޑައިގެން އެފަދަ ކަމެއް ކުރައްވާނެ، އަދި ކުރައްވާފައި އޮތް ވެސް ބޭފުޅެއް ނޫން ކަަމަށާއި، ސިޔާމުގެ ފަރާތްޕުޅުން އެއްވެސް މީހަކަށް މާލީ ގެއްލުމެއް ދީފައި ނޯންނާނެ ކަމަށް މައުރޫފު ވިދާޅުވި އެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ ސިޔާމަކީ ދައުލަތަށް ބަރާބަރަށް ޓެކްސް ދައްކަވާ ބޭފުޅެއް ކަމަށެވެ. ދިވެހި ދައުލަތަށް އެންމެ ގިނަ ޓެކްސް ދައްކަވާ ބޭފުޅަކީ ވެސް ސިޔާމު ކަމަށް މައުރޫފު ވިދާޅުވި އެވެ. 

"މިއަދު ދިވެހިރާއްޖޭގެ ދައުލަތަށް ދައްކާ އެންމެ ގިނަ ޓެކްސް މި ދައްކަނީ ސިޔާމު"

އެމްޑިއޭގެ ނައިބު ރައީސް މައުރޫފު

މައުރޫފު ވިދާޅުވީ ސިޔާމަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ފުންނާބު އުސް ވިޔަފާރި ވެރިޔާ ކަމަށެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމުގެ ބާނީ ކަމަށެވެ. 

އެއާއެކު ވެސް އެއްވެސް ސަރުކާރަކުން ނާޖާއިސް މަންފާއެއް ސިޔާމު ނަންގަވާފައި ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް މައުރޫފު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.