އެމްޑިއޭގެ ރައީސް މާލެ ވަޑައިގެން މީޑިއާއާއި ބައްދަލުކުރައްވަނީ/ ފޮޓޯ: އެމްޑީއޭ
ހަބަރު
22 Jul 2023 | 11:17
ޕާސްޕޯޓު ހިފެހެއްޓިކަމަށް ބުނެ ދޮގު ޚަބަރު ފެތުރުމުގެ ފަހަތުގައި އޮތީ "ދަ ޑިމޮކްރޭޓްސް": ސިޔާމު

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމުގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓާފައިވާކަމަށް ބުނެ ދޮގު ޚަބަރު ފެތުރުމުގެ ފަހަތުގައި ތިބީ "ދަ ޑިމޮކްރޭޓްސް" ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ސިންގަޕޫރުން އަނބުރާ މާލެ ވަޑައިގެން ރޭ މީޑިއާއަށް މައުލޫމާތު ދެއްވަމުން ނެވެ. 

ސިޔާމު ވިދާޅުވީ ސިންގަޕޫރަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި، ސިންގަޕޫރުން އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓާ، ނުވަތަ ބަންދުކޮށް އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށެވެ.

އެމަނިކުފާނު ޕާސްޕޯޓު ސިންގަޕޫރުން ހިފެހެއްޓިކަމަށް ބުނެ މީޑިއާތަކުގެ ޚަބަރު ފަތުރަން ފެށުމުން ވަރަށް ހައިރާންވި ކަމަށް ސިޔާމު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ސިޔާމު ވިދާޅުވީ އެމަނިކުފާނާއި ގުޅޭގޮތުން އެ ވާހަކަ ނުވަތަ އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް ބުނެ ފެތުރި ދޮގު ޚަބަރުތަކުގެ ފަހަތުގައި ތިބީ "ދަ ޑިމޮކްރެޓްސް" ކަމަށް ބެލެވޭ ކަމަށެވެ. 

އެވާހަކަ އެންމެ ފުރަތަމަ ޖެހީ "ހަސަން ކުރުސި" ކިޔާ އެކައުންޓަކުން ކަމަށާއި، އެއީ ދަ ޑިމޮކްރެޓްސް ހިންގާ އެކައުންޓެއް ކަމަށް ސިޔާމު ތުހުމަތު ކުރެއްވި އެވެ. 

"އަޅުގަނޑަށް ހީވަނީ، ރާއްޖޭގައި އެންމެ ފަހުން ހެއްދެވި ސިޔާސީ ޕާޓީގެ ލީޑަރު ދަ ޑިމޮކްރަސީ...(ދަ ޑިމޮކްރޭޓްސް) އެބޭފުޅުން ކުރެއްވި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވިފައި އިނީ. އެއީ ކޮންމެސް ކުރު ސޮރެއް ކިޔާ ހަސަން ކުރުސި ކިޔާ މީހަކު ޓްވީޓުކޮށްލީ.. ކޮށްލާފަ އަޅުގަނޑު މިހެންނޭ އޮތީ.. އެހެންވީމަ އެބޭފުޅުން ހިންގި ކަމެއްކަމަށް އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ"

އެމްޑީއޭގެ ރައީސް ސިޔާމު

އެކަންކަން ފާހަގަކުރައްވާ ސިޔާމު ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބުނު ނަމަވެސް، އެއީ ޞައްހަ މައުލޫމާތެއް ތޯ ސާފުކުރުމަށް މީޑިއާތަކުން އެމަނިކުފާނާއި ނުވަތަ ޕާޓީއާއި، ނުވަތަ ކުންފުންޏާއި ވެސް ގުޅާފައި ނުވާކަމަށެވެ. 

ސިޔާމުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް ވިދާޅުވެ މީޑިއާތަކުން ފެތުރީ ދޮގު ޚަބަރެއް ކަމަށާއި، އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއްކަމަށް ސިޔާމު ވިދާޅުވި އެވެ. 

އަދި މުސްތަގުބަލުގައި އެފަދަ ޚަބަރުތައް ނުފެތުރުމަށާއި، ޒިންމާދާރުކަމާއެކު ނޫސްތަކާއި ޓީވީތަކުން މަސައްކަތް ކުރުމަަށް ސިޔާމު ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.