އެމްޑިއޭގެ ރައީސް ސިޔާމު ރައީސް ޞާލިހު އަރިހުގައި/ ފޮޓޯ: ވޮއިސް
ހަބަރު
22 Jul 2023 | 13:10
މަޖުބޫރުވެގެން ނޫނީ ރަނިންމޭޓުކަން ޤަބޫލެއް ނުކުރާނަން: ސިޔާމު

މަޖުބޫރުވެގެން ނޫނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރަނިން މޭޓުކަން ޤަބޫލު ނުކުރައްވާނެކަމަށް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމު ވިދާޅުވެއްޖެ އެވެ. 

ސިޔާމް މިހެން ވިދާޅުވީ، ސަން ޓްރެވަލް ކުންފުންޏާ ދެކޮޅަށް ސިންގަޕޫރުގައި ކުރިއަށް ދިޔަ އަޑުއެހުންތަކަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ރޭ ރާއްޖެ އަށް އެނބުރި ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ނެވެ. 

ސިޔާމު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ފުރިހަމައަށް ތާއީދުކުރެއްވި ނަމަވެސް، އެމަނިކުފާނުގެ ރަނިން މޭޓަކަށް ވެވަޑައިގަތުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. 

އެހެން ނަމަވެސް މަޖުބޫރު ޙާލަތެއް ދިމާވެ، ކޮންމެހެން ރަނިން މޭޓުަކަން ޤަބޫލުކުރަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެކަމަށް ސިޔާމު ވިދާޅުވި އެވެ. 

"އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަމެއް ނެތް. އެހެން ނަމަވެސް އެކަން މަޖުބޫރުވާ ހާލަތެއްގައި ނުކުރާނެ ވާހަކައެއް ނޫން މި ބުނީ"

އެމްޑީއޭގެ ރައީސް ސިޔާމު

ރައީސް ޞާލިހުގެ ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަން ގިނަ ފަރާތްތަކުން ފާޅުކުރައްވަމުންދާ ކަމަށާއި، އެހެން ނަމަވެސް މިހާތަނަށް އަދި ރަނިން މޭޓު ކަނޑައަޅުއްވާފައި ނުވާކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

ރައީސް ޞާލިހުގެ ރަނިން މޭޓަކަށް ވުމުގެ ޝައުގުވެރިކަން ނައިބު ރައީސް އަދި 2018 ވަނަ އަހަރު ރައީސް ޞާލިހުގެ ރަނިން މޭޓުގެ ގޮތުގައި ހުންނެވި ފައިސަލް ނަސީމު ފާޅުކުރައްވާފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

އަދި އެމްޑީޕީގެ ތެރެއިން ވެސް ފުންނާބު އުސް ބައެއް ފަރާތްތަކުން، އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ޝައުގުވެރިކަން ހުރިކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުން ނެވެ. އެހެން ނަމަވެސް އެވާހަކަށް ފައްޔާޒު ދޮގު ކުރައްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.