އާޒިމް ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
23 Jul 2023 | 22:13
ސޮރީ، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދެވޭކަށް ނެތް: އާޒިމް

"އަމާން ރާއްޖެ" ހޯދައިދޭނެކަމަށް ވައުދުވެވަޑައިގެން ނަމަވެސް މި ފަސް އަހަރުގައި ފެންނަމުންދާ ކަންކަމަށް ބައްލަވާފައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެ އެވެ. 

އާޒިމް މިފަދައިން ވިދާޅުވެފައި މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ޞާލިހުގެ ސްލޯގަން "އަމާން ރާއްޖެ" އަށް ފާޑުވިދާޅުވެ ދަ ޑިމޮކްރެޓްސްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އާޒިމް ވިދާޅުވީ ރައީސް ޞާލިހުގެ ވެރިކަމުގެ ފަސް އަހަރަކީ ރާއްޖޭގެ ތާރީހުގައި ނުދެކޭފަދަ ނުރައްކާތެރި މަރުތައް ހިނގާފައިވާ ފަސް އަހަރު ކަމަށެވެ. އަދި ގޮތް ނޭނގޭ މަރުތައް ވެސް އިންތިހާއަށް ގިނަ ދައުރެއް ކަމަށެވެ. 

އޭގެ އިތުރުން މަސްތުވާތަކެތި އާންމުވެ، މާރާމާރީތައް އިންތިހާއަށް ރައީސް ޞާލިހުގެ ވެރިކަމުގެ މި ދައުރުގައި އިތުރުވެފައިވާކަމަށް އާޒިމް ވިދާޅުވި އެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ މި ވެރިކަމުގައި ތާރީޚުގައި ވެސް ޝަރުއީ ނިޒާމަށް "އަތް ނުބާނާ" ވަރަށް އަތްބާނާ ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި ތާރީޚުގައި ވެސް ނުދެކޭފަދަ ބޮޑެތި ކޮރަޕްޝަން ރައީސް ޞާލިހުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ހިންގާފައިވާކަމަށް އާޒިމް ވިދާޅުވި އެވެ. 

އެކަންކަން ފާހަގަކުރައްވާ އާޒިމު ވިދާޅުވީ މީ އަމާން ރާއްޖެ ކަމުގައި ވާނަމަ، މިފަދަ ދެވަނަ ދައުރެއް ހޯދަން އެމަނިކުފާނު އިންތިޚާބު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަމާން ރާއްޖެއެއް ހޯދަން ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އާޒިމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް