އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒު/ ފޮޓޯ: ދެން
ހަބަރު
24 Jul 2023 | 06:15
7 އަހަރު މަގުމަތީގައި ކުރި މަސައްކަތުގެ ބަދަލު ދިން ގޮތް ނިކަން ވިސްނާލަބަލަ: ޝިފާޒު

އިދިކޮޅުގައި އެމްޑީޕީ އޮވެ 7 އަހަރު މަގުމަތީގައި ތިބެގެން އެމްޑީޕީގެ އާންމު މެމްބަރުން ކުރި ބުރަ މަސައްކަތުގެ އަގު ވެރިކަމަށް ވަޑައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދެއްވި ގޮތް އެ މެމްބަރުން ރަނގަޅަށް ވިސްނާވަޑައިގަތުމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ޝިފާޒު ގޮވާލައްވައިފި އެވެ. 

ދަ ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒު ވަނީ "ވެރިކަމަށް ބޫތުކައިގެން" ރައީސް ޞާލިހު މިހާރު އުޅުއްވާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. 

އޭނާ ވިދާޅުވީ ރައީސް ޞާލިހު މިއަދު ވެރިކަން ކުރައްވަމުން ދަނީ ސަރުކާރުގެ ވަޒީފާތައް މީހުންނަށް ދީގެން، އެމީހުން އަޅުވެތިކޮށްގެން ކަމަށެވެ. ސަރުކާރުގެ ވަޒީފާއެއްގައި ހުންނަ އެއްވެސް މީހަކަށް ރައީސް ޞާލިހަށް ފާޑު ނުކިޔޭ ކަމަށާއި، ނުރުހޭ ގޮތަކަށް ބަހެއް ބުނާ މީހަކު ނަމަ ވަޒީފާއިން ކަނޑާލާކަމަށް އޭނާ ވިދާޅުވި އެވެ. 

އެއާއެކު ޝިފާޒު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ މާލިއްޔާއަށް ބޮޑެތި ޚިޔާނާތް ވަމުންދާ ކަމަށެވެ. 

އެގޮތުން ކުދި ކުދި މަޝްރޫއުތައް ހިންގުމުގެ ނަމުގައި ބޮޑެތި ޚަރަދުތައް ކުރަމުންދާއިރު، ރައީސް ޞާލިހުގެ އަރިސް މީހުންނަށް އެކި މަޝްރޫއުތައް ދީގެން ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގަމުންދާކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. 

އެކަންކަން ފާހަގަކުރައްވާ ޝިފާޒު ވިދާޅުވީ 7 އަހަރު މަގުމަތީގައި ތިބެގެން އެމްޑީޕީގެ އާންމު މެމްބަރުން ރައީސް ޞާލިހު ވެރިކަމަށް ގެނައީ އެކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ. ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމަށް ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް ކަމަށެވެ. 

އެހެން ނަމަވެސް، އޭގެ ބަދަލުގައި ރައްޔިތުން މިއަދު ވަޒީފާގެ އަޅުންނަށް ހަދައި ސަރުކާރުން ދައުލަތުގެ މާލިއްޔާއަށް ޚިޔާނާތްތެރިވަމުންދާކަމަށް ޝިފާޒު ވިދާޅުވި އެވެ. 

މިއީ ރައީސް ޞާލިހު ވެރިކަމަށް ގެނައުމަށް އެމްޑިޕީގެ އާންމު މެމްބަރުން ކުރި ބުރަ މަސައްކަތުގެ އަގު އެމަނިކުފާނު އަދާކުރެއްވި ގޮތް ކަމަށާއި، މި ކަންކަމާއި ދޭތެރޭ ރައްޔިތުން ފުންކޮށް ވިއްނުމަށް ޝިފާޒު ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.