ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު އާއި ރައީސް ނަޝީދު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
24 Jul 2023 | 09:28
އަލީ ޒާހިރު، ނަޝީދަށް: ޒުވާންކަން ދައްކަން، ރައީސް ޞާލިހު، އިސްތަށިފުޅުގަ ކުލައެއް ނުޖައްސަވާނެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ކޯލިޝަން ހަދާފައިވާ އެމްޑީޕީީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ، ޒުވާންކަން ދައްކަވަން އިސްތަށިފުޅުގައި ކުލަ ޖައްސަވާ ބޭފުޅެއް ނޫން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. 

ދަ ޑިމޮކްރެޓްސް ގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަން ކުރައްވާ ވަރަށް ވުރެ މުސްކުޅިފުޅު ވެއްޖެ ކަމަށާއި، ވެރިކަން ކުރެއްވުމަށް އެމަނިކުފާނުގެ ސިއްޙީ ޙާލުކޮޅު ތަންނުދެއްވާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރޭ ވިދާޅުވެފަ އެވެ. 

އެކަމަށް ރައްދު ދެއްވައި އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިހަކީ ދުވާލަކު ގޮތަކަށް ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަކީ "ހަލުވިމަހެއް އުޅޭހެން" އަވަސް އަވަހަށް ހަދާނެ ނަހަދާނެއް ނޭނގިގެން އުޅުއްވާ ބޭފުޅެއްވެސް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

މިއާއެކު އަލީ ޒާހިރު ވިދާޅުވީ، ރައީސް ޞާލިހަކީ ރައްޔިތުންނަށް އޮޅުވާލަން ޚިޔާލީ ވަޢުދުތަކާ ހުސް އުންމީދުތައް ދެއްވާ ބޭފުޅެއް ނޫން ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ, ރައީސް ނަޝީދަކީ ރާއްޖޭގެ ރަށްރަށުގައި ފުލެޓު އަޅައިދޭނެ ކަމަށް ބުނެ، އެކަން ކުރުމަށް ފެއިލްވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށާ، އެހެންނަމަވެސް، ރައީސް ޞާލިހު، ފުޓްސަލް ދަނޑާ މަލްޓިޕާޕަސް ހޯލްގެ ވާހަކަ ދެއްކެވުމަށްފަހު، އެކަން ކުރައްވާފައިވާ ކަމަށެވެ. 

"އަދި ކޮބާ ޒުވާންކަން ދައްކަން އިސްތަށިފުޅުގަ ކުލައްވެސް ނުޖައްސަވާނެ، އެތެރެއާ ބޭރު އެއްގޮތްވާނެ، ޑިމޮކްރަސީ ހަޖަމް ކުރައްވާނެ." ޢަލީ ޒާހިރު ވިދާޅުވި އެވެ. 

ރޭ ޑިމޮކްރެޓްސް ގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ދިވެހި ޤައުމު އެދި ގޮވަނީ ޤާބިލު، ޒުވާން ވެރިކަމަކަ ށެވެ. ވަކިވަރަކަށް މުސްކުޅިފުޅުވެ ގައިބާރު ދެރަވެ، ސިއްޙީ ޙާލުކޮޅު ދަށްވުމުން ދެން ވެރިކަން ކުރެއްވުމަކީ އެ ވެރިކަމަކުން ރައްޔިތުންނާއި ގައުމަށް ފައިދާކުރާނެ ވެރިކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެއާއެކު ރައީސް ޞާލިހު މިސާލެއްގެ ގޮތުގައި ނަންގަވާ ނަޝީދު ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނަވަނީ "މުށެއް ގެ ބޭސް" ފަރިއްކުޅުވައިގެން ކަމަށެވެ. އަދި ވެރިކަމަށް ކުރެއްވުމަށް އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ތަން ނުދެއްވާ ކަމަށެވެ. 

އެ ޙާލަތުގައި ގައުމު ބިނާ ކުރުމުގެ އާ ވިސްނުންތަކާއި ޕްލޭނުތައް ނުނެރެވޭނެކަމަށް ނަޝީދު ވިދާޅުވި އެވެ. 

"ވެރިކަމަކީ ޒުވާންކަމުގެ ރޫހެއް. އެއީ ޒުވާންކަމާއި އެކީގައި އަޅުގަނޑުމެންނަށް ކޮށްދެވޭނޭ މަސައްކަތެއް. ޓެކްސްގެ ނިޒާމާއި، އިޖްތިމާއީ ރައްކާތެރިކަމާއި، ދަތުރުފަތުރުގެ ނިޒާމާއި ފްލެޓު ދޮންބެ އާއި، މި އެންމެ ކަންކަމަކީ 50 އިން މައްޗަށް އަޅާލީމާ އަލުން ވިސްނައިގެން ގެނެވެސް އޮތް ކަންކަމެއް ނޫން. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ދަންނަވާލަން އޮތީ މަނިކުފާނު ވެސް މުސްކުޅިވީ ވާހަކައޭ އަޅުގަނޑު މި ދަންނަވަނީ" ރައީސް ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް
ީަހަޖަމު
ބުރޯ ޒާހިރު ކަލޭ ހަޖަމް ކުރަން ދަސްކުރޭ
26 Jul 2023
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.