ނިމާލް އާއި ޔާމީން
ހަބަރު
27 Jul 2023 | 15:05
"މަކަރުވެރި ރޭވުންތަކުގެ ކުރިމަތީގައި، ރައީސް ޔާމީން ކުޑަކަކޫ މައްޗަށް ތިރި ނުކުރެވޭނެކަން ދިރިތިބީން ގަބޫލު ކޮށްފި"

ދިވެހި ދިދައިގެ ނިދާ އަކީ ކުރިއަށް އޮތް ދައުރަށް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ކުރެއްވުން ކަމަށް ކ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ. 

ނިމާލް ފޭސްބުކް ގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، މިވަގުތު ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް، މާތް الله ރަހުމަތާއި އެކު އެމަނިކުފާނަށް އިންސާފު ލިބި ޖަލުން މިނިވަންވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ގައުމަށް ހެޔޮއެދޭ ކޮންމެ ދަރިއަކުވެސް ރައީސް ޔާމީނަށް އިންސާފު ލިބުމަށް އެދޭނެ ކަމަށް ނިމާލް ވިދާޅުވި އެވެ. 

މިއާއެކު ރައީސް ޔާމީނަށް ތައުރީފު އޮއްސަވާލައްވަމުން ނިމާލް ވިދާޅުވީ، މިދިވެހި ފަސްގަނޑުގެ މުސްތަގުބަލަށްޓަކައި ރައީސް ޔާމީން ވެވަޑައިގަންނަވަމުންދަނީ މަތިވެރި ގުރުބާނީއެއް ކަަމަށެވެ. 

"ޚުއްބުލް ވަތަންގެ ސިފަތަކުން މިއަދުގެ ޖީލަށް މަނިކުފާނު ތިޔަ ދައްކަވަމުންދަނީ މަތިވެރި ގައުމީ ލޯބީގެ އަގުހުރި ފިލާވަޅުތަކެއް. އަނިޔާވެރިންގެ މަކަރުވެރި ރޭވުންތަކުގެ ކުރިމަތީގައި، މަނިކުފާނު ކުޑަކަކޫ މައްޗަށް ތިރި ނުކުރެވޭނެ ކަން މިއަދުގެ ދިރިތިބީން ގަބޫލު ކޮށްފި. ތިޔައީ ހިތްވަރުފުޅުގަދަ، އަޒުމް ފުޅު ވަރުގަދަ، ދިވެހި ދަރިއެއް." ނިމާލް ވިދާޅުވިއެވެ. 

މިއާއެކު ނިމާލް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބު ވެގެން ދާނީ، ރައީސް ޔާމީން، ދިވެހިރާއްޖޭގެ ވަލިއްޔުލް އަމްރު ކަމުގައި ހަވާލުވެވަޑައިގަންނަވާނެ އިންތިޚާބަކަށް ކަމަށާ، މުޅި ދިވެހި ގައުމުވެސް އޮތީ އެމަނިކުފާނު ވެރިކަމަށް އިންތިޚާބު ކުރުމުގެ އަޒުމުގައި ކަމަށެވެ. އަދި ދިވެހި ދިދައިގެ ނިދާ އަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ށަވިޔަނި
ތިޔަވަރުގެ މީހަކު ދެވަނަ ދައުރަކަށް ނުހޮވުނީ ކީއްވެ؟ ޖަލުގައި އޮންނަން ޖެނުހީ ކީވެ؟ އިދިކޮޅު އެންމެން، އަނތްބެއް ދަރިއެއް ނެތި ޖަލަށް ލީ ކީއްވެ؟
27 Jul 2023
ގުޅޭ ލިޔުންތައް
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން