ބަޔަކު އޭޑީކޭ ގައި ޑޮކްޓަރަށް ދައްކަން ގޮސް-- ފޮޓޯ/ ވަގުތު
ހަބަރު
28 Jul 2023 | 14:58
މާލެ ބޮޑު ބަލިމަޑުކަމެއްގައި، މިނިވަންދުވަހުގެ އިވެންޓްތައް، ކެންސަލް ނުކޮށް، ކުރިއަށް!

ޑެންގީ ހުމާއި ބޭރަށް ހިންގުން މާލޭގައި އިންތިހާއަށް އިތުރުވެ، ގިނަ ބަޔަކު ހޮސްޕިޓަލްތަކުގައި އެދުމަތި ކުރަމުން ދިޔަ ނަމަވެސް، މިނިވަންދުވަހާއި ގުޅިގެން ހޯމް މިނިސްޓްރީން ކުރިއަށް ގެންދާ ހަރަކާތައް ކެންސަލް ނުކޮށް ކުރިއަށް ގެންދާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ. 

ހޮޑުލުމާއި ބޭރަށް ހިނގުން ކުއްލިއަކަށް އިތުރުވެ، އެބަލި ފެތުރޭ ސަބަބު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ބަލަން ފަށާފައެވެ. 

މި ބަލި، މާލޭ ސަރަހައްދުގައި ބާރު މިނެއްގައި އިތުރުވެ، އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުވެސް ފުރިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ރޯގާ ޖެހޭ ކުޑަކުދިންގެ އަދަދު އިތުރުވެ، ހުޅުމާލޭ ހޮސްޕިޓަލަށްވެސް ވަރަށް ބާރު ބޮޑުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 
ހުޅުމާލޭ ހޮސްޕިޓަލަށް ގެންދާ ކުޑަކުދިންގެ އަދަދު އިތުރުވި ނަމަވެސް، އެތަނުގައި ހިދުމަތް ދެމުން އަންނަނީ އެންމެ ކައުންޓަރަކުން ކަމަށްވާތީ ފަރުވާ ނުލިބި ގިނަ އިރުވާކަމުގެ ޝަކުވާ ވެސް ބައެއް ފަރާތް ތަކުން އަންނަނީ ކުރަމުންނެވެ. 

މާލެ ސަރަހައްދުގައި ފެތުރެމުންދާ މި ބަލި މަޑު ކަމާއި ގުޅުގެން ރާއްޖޭގައި ނަން މަޝްހޫރު ޑޮކްޓަރުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބަލިން ރައްކާތެރި ވުމުގެ ފިޔަވަޅުތައް އެޅުމަށް އެ ފަރާތްތަކުން އަންނަނީ ނަސޭހަތްތެރިވަމުން ނެވެ. 

މާލޭގައި މިފަދަ ބޮޑު ބަލިމަޑުކަމެއް ފެތުރި، ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަމުންދާއިރުވެސް، މިނިވަންދުވަހާއި ގުޅުވައި މިރޭ ބޭއްްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ވެސް ކުރިއަށް ދާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އެގޮތުން، މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދުތައް އާންމުންނަށް ދައްކާލުން މިރޭ 8:30 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި މިނިވަންއުފާ ކާނިވާ މިރޭ 8:30 ގައި ހުޅުވުމަށްވެސް ވަނީ ހަމަޖެހިފައިވާ ކަމަށާ ކާނިވާ ހުޅުއްވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން 29 ޖުލައިގެ ހަވީރާއި ރޭނގަނޑުވެސް ފުޅަނދުތައް ދައްކާލުން އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ. 

ކޮމެންޓް
ބުނެލީ
ކެންސަލް ކޮށްފި. ކާނިވާ ހުޅުވުންވެސް ހަވާ އެރުވުން ވެސް
28 Jul 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.