ކުޑަކުދިން ގޮވައިގެން ގިނަ ބަޔަކު އޭޑީކޭ އެމަޖެންސީގައި -- ފޮޓޯ: ވަގުތު އިމޭޖެސް
ހަބަރު
28 Jul 2023 | 16:04
ބާރު ބޮޑުވެ، އޭޑީކޭގެ އޯޕީޑީ ކޮޓަރިތައް ޚާއްސަ ފަރުވާދޭ ކޮޓަރިތަކަށް ބަދަލުކޮށްފި!

މާލޭގައި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވެ، ގިނަ ބަޔަކު ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް އަންނަމުންދާތީ، އޭޑީކޭ ހޮސްޕިޓަލުގެ ގްރައުންޑް ފްލޯ ގެ އޯޕީޑީ ކޮޓަރިތައް ވަގުތީ ގޮތުން، ޚާއްސަ އޯޕީޑީ އަދި ފަރުވާދޭ ކޮޓަރިތަކަށް ބަދަލުކޮށްފިއެވެ. 

ހޮޑުލެވުމާއި ބޭރަށް ހިންގުން މާލޭ ސަރަހައްދުގައި ބާރު މިނެއްގައި އިތުރުވެ، އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށްވެސް ވަނީ ބާރު ބޮޑުވެފައެވެ. މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ރޯގާ ޖެހޭ ކުޑަކުދިންގެ އަދަދު އިތުރުވެ، ހުޅުމާލޭ ހޮސްޕިޓަލަށްވެސް ވަރަށް ބާރު ބޮޑުވެފައިވާއިރު އެ ހޮސްޕިޓަލަށް ގެންދާ ކުޑަކުދިންގެ އަދަދު އިތުރުވި ނަމަވެސް، އެތަނުގައި ހިދުމަތް ދެމުން އަންނަނީ އެންމެ ކައުންޓަރަކުން ކަމަށްވާތީ ފަރުވާ ނުލިބި ގިނަ އިރުވާކަމުގެ ޝަކުވާ ވެސް ބައެއް ފަރާތް ތަކުން އަންނަނީ ކުރަމުންނެވެ. 

ފެތުރެމުންދާ މި ބަލި މަޑު ކަމާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަބްދުالله ނިޔާފް ކުރެއްވި ޓުވީޓެއްގައި ވަނީ، ބޭރަށް ހިންގާތީ ހޮސްޕިޓަލުގެ އެމެޖެންސީ އަށް ދައްކާ ތުއްތު ކުދިންނާއި، ކުޑަ ކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަން ފާހަގަކޮށް އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެހެންކަމުން، އެ ބަލިން ރައްކާތެރިވުމަށް، ތިމާ ބޯ ފެނަކީ، ސާފު ބޯފެންތޯ ޔަގީން ކުރުމަށް ނިޔާފް ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން، ކެއްކުމަށްފަހު، ފިނި ކޮށްފައި ހުންނަ ފެނާއި، ފިލްޓަރ ކޮށްފައި ހުންނަ ފެނަކީ ރައްކާތެރި ފެން ކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. 

ހޮޑުލެވުމާއި ބޭރަށް ހިންގުން ފެތުރެމުންދާ ސަބަބެއް ކަމުގައި ޑޮކްޓަރ ލަފާކުރައްވާފައި ވަނީ، ނޮރޯވައިރަސް، ރޮޓާވައިރަސް ފަދަ ފެނާއި، ކާބޯތަކެއްޗާއި، ތަޣައްޔަރުވެފައިވާ ތަންތަނުގައި ހަލުއިކަމާއި އެކު ފެތުރޭ ވައިރަސް ތަކެވެ. 

މި ބަލި ޖެހިއްޖެ ނަމަ، ގިނަގިނައިން އޯ އާރް އެސް ޕެކެޓް ފެން ބުއިމާއި، ހޮޑަށް ބޭސް (Domperidone, Ondansetron,) ކެއުމަށް ޑޮކްޓަރ ލަފާދެއްވައެވެ. 

ގޭގައި ބޭސްކައި ފަރުވާކުރުމުންވެސް، ހޮޑުލުން ނުހުއްޓި، އެއްވެސް އެއްޗެއް ކައި ބޮއި ނުހެދޭ ނަމަ، ނުވަތަ ޑީހައިޑްރޭޓް ވުމުގެ އަލާމާތްތައް ( ކުޑަ ކަމު ނުދެވި މާ ގިނަ އިރުވުން، ތަލި ހިކިފައި ހުރުން) ނުވަތަ މާ ބޮޑަށް ވަރުބަލި ވާ ނަމަ، ލަސް ނުކޮށް ޑޮކްޓަރަށް ދެއްކުމަށް ޑރ. ނިޔާފް ވަނީ އެދިލައްވާފައެވެ. 

މީގެ އިތުރުން ޑރ. ވިދާޅުވީ، ޑޮކްޓަރަށް ދައްކަން އަންނައިރު، ހޮސްޕިޓަލުގެ އީއާރު އާއި އޯޕީޑީ އަށް ވަރަށް ބާރު ބޮޑު ވާނެ ކަމަށާ، އެތަނުގެ މުވައްޒަފުން މަސައްކަތް ކުރައްވަމުންދަނީ ޑިމާންޑާއި އެއްވަރަށް ވީ ވަރަކުން ޚިދުމަތް ދެވޭތޯ ކަމަށެވެ. 

މިއާއެކު ޑރ. ވިދާޅުވީ، ހޮސްޕިޓަލުގެ އީއާރް އަށް އާއްމުކޮށް ދައްކަން އަންނަނީ ތުއްތު ކުދިން ކަމަށާ، އެހެންނަމަވެސް ބޮޑެތި މީހުންވެސް މަދުން ނަމަވެސް ރޭ އައިސްފައިވާ ކަމަށެވެ. 

އަދި ބަލި މީހުން އިތުރުވަމުންދާތީ، ފަރުވާ އަވަސް ކުރުމަށް އޭޑީކޭ ހޮސްޕިޓަލުގެ ގްރައުންޑް ފްލޯ ގެ އޯޕީޑީ ކޮޓަރިތައް ވަގުތީ ގޮތުން، ޚާއްސަ އޯޕީޑީ އަދި ފަރުވާދޭ ކޮޓަރިތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.