މިނިވަން އުފާ ކާނިވާ
ހަބަރު
28 Jul 2023 | 19:04
މިރޭ ހުޅުވަން ހަމަޖެހިފައި އޮތް "މިނިވަން އުފާ" ކާނިވާ ހުޅުވުން ފަސްކޮށްފި

ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާޞަބަތުގައި މިރޭ ހުޅުވަން ހަމަޖެހިފައި އޮތް "މިނިވަން އުފާ" ކާނިވާ ހުޅުވުން ފަސްކޮށްފި އެވެ. 

މިނިވަންދުވަހާއި ގުޅުވައި މިރޭ ބޭއްްވުމަށް ހޯމް މިނިސްޓްރީން ނިންމާފައި އޮތީ ފުޅަނދުތައް އާންމުންނަށް ދައްކާލުމާއި މިނިވަން ކާނިވާ ހުޅުވުމެވެ. އެގޮތުން ފުޅަނދުތައް އާންމުންނަށް ދައްކާލުން އޮތީ މިރޭ 8:30 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މީގެ އިތުރުން 29 ޖުލައިގެ ހަވީރާއި ރޭނގަނޑުވެސް ފުޅަނދުތައް ދައްކާލުން އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ. 

އަދި މިނިވަންއުފާ ކާނިވާ ހުޅުވުން އޮތީ މިރޭ 8:30 ގައެވެ.  ކާނިވާ ހުޅުއްވައި ދެއްވާން ހަމަޖެހިފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އެވެ. 

އެހެންނަމަވެސް، މިހާރު ފެތުރެމުންދާ ހޮޑާއި ބޭރަށް ހިންގުން ރޯގާ އާއި ގުޅިގެން، ކާނިވާ ހުޅުވުން ފަސް ކުރުމަށް އެޗްޕީއޭ އިން ލަފާ ދީފައިވާ ކަމަށާ، އެހެންކަމުން އެ ހަރަކާތް ފަސް ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ހޯމް މިނިސްޓްރީން ބުނީ، ކާނިވާ ހުޅުވާނެ އިރެއް ފަހުން އެންގޭނެ ކަމަށެވެ. 

މާލެ ސަރަހައްދުގައި ފެތުރެމުންދާ ބަލި މަޑު ކަމާއި ގުޅިގެން ހޮސްޕިޓަލު ތަކަށް ބާރު ބޮޑުވެފައި ވާއިރު ޑޮކްޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބަލިން ރައްކާތެރި ވުމުގެ ފިޔަވަޅުތައް އެޅުމަށް އެ ފަރާތްތަކުން އަންނަނީ ނަސޭހަތްތެރިވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.