ކުޑަކުދިން ގޮވައިގެން ގިނަ ބަޔަކު އޭޑީކޭ އެމަޖެންސީގައި -- ފޮޓޯ: ވަގުތު އިމޭޖެސް
ހަބަރު
28 Jul 2023 | 22:41
މާލޭގައި ބަލި ފެތުރެނީ ވަކި ކާނާއަކުން ނޫންކަމުގެ ޔަގީންކަން އެޗްޕީއޭއިން ދީފި

މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ހޮޑާއި ބޭރަށް ހިންގުމުގެ ބައްޔަކީ ވަކި ކާނާއެއްގެ ސަބަބުން ފެތުރޭ ބައްޔެއް ނޫންކަން އެޗްޕީއޭއިން މިއަދު ޔަގީންކޮށްދީފި އެވެ.

ރެއިން ފެށިގެން، މާލޭގައި ކުއްލި އަކަށް ހޮޑާއި ބޭރަށް ހިންގުން އިތުރު ވެފައިވާއިރު، ހޮސްޕިޓަލްތައް ތޮއްޖެހި، ޚިދުމަތްދޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކާއި އަންނަނީ ކުރިމަތިވަމުންނެވެ.

ބޭރަށް ހިންގުމަކީ އާއްމުކޮށް ޗުއްޓީއާއި ދިމާކޮށް އިތުރުވާ ބައްޔަކަށް ވީ ނަމަވެސް ކުއްލިއަކަށް މި ބަލި ފެތުރެން ފަށާފައި މިވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބެހި މެޓާއެއްގެ ސަބަބުން ކަމަށް ބައެއް ނޫސްތަކާއި ސޯޝަލް މީޑިޔާގައި ދަނީ ހަބަރު ފަތުރަމުންނެވެ.

އެކަމާއި ގުޅިގެން އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ, ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ، މާލެ ސަރަހައްދުގައި އުޅޭތާ ގާތްގަނޑަކަށް ދެ ހަފްތާ ވެފައިވާ ކަމަށެވެ. އަދި އާއްމުކޮށް ކޮންމެ އަހަރަކުވެސް ސުކޫލް ބަންދު ތެރޭގައި އެ ބަލި ފެތުރޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

އެހެންނަމަވެސް، ރެއިން ފެށިގެން މާލެ ސަރަހައްދުގައި އެ ބައްޔަށް ފަރުވާ ހޯދާ ކުދިންނާއި މީހުން ކުއްލި އަކަށް ބޮޑު ތަނުން އިތުރު ވެފައިވާ ކަން ފާހަގަ ކޮށް އެޗްޕީއޭ އިން ބުނީ، ފެތުރެމުންދާ ހޮޑުލުމާއި ބޭރަށްހިންގުމުގެ ބައްޔަކީ ވައިރަހެއެއްގެ ސަބަބުން ފެތުރެމުންދާ ބައްޔެއްކަން އެ އެޖެންސީން ހޯދި ހޯދުމުން އެނގިފައިވާ ކަމަށެވެ. އަދި އެއީ ވަކި ކާނާއެއްގެ ސަބަބުން ފެތުރޭ ބައްޔެއް ނޫންކަމަށް ވެސް ބުނެފައިވެއެވެ. 

"ތަހުގީގުތަކުގެ ވަގުތީ ނަތީޖާ ފެންނަ ގޮތުގައި ކުއްލިއަކަށް މި ފެތުރިގެން އުޅޭ ބައްޔަކީ ވައިރަހެއްގެ ސަބަބުން ފެތުރޭ ބައްޔެއް. އެއީ ވަކި ބާވަތެއްގެ ކާނާއަކުން ފެތުރެމުންދާ ބައްޔެއް ކަމަށް ނުބެލެވޭ. ބަލި ފެތުރޭ އަސްލު ސަބަބު ހޯދުމަށް މަސައްކަތް ކުރެވެމުންދާއިރު, އެންމެންވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރަން" އެޗްޕީއޭއިން ބުނެފައިވެ އެވެ.

ކުއްލިއަކަށް ގިނަ ބަޔަކަށް ބަލި ޖެހުނު ސީދާ ސަބަބު ދެނެގަތުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.