އެންޑީއޭގެ ރައީސް އަހުމަދު ސިޔާމް ފުވައްމުލަކު ޖަލްސާގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ އެމްޑީޕީ
ހަބަރު
31 Jul 2023 | 11:29
ފުވައްމުލަކަކީ ރީތި ކަނބަލުން ގިނަ ރަށެއް؛ އަޅުގަނޑުމެން މިރަށަށް ހުރިހާ ގޮތަކުންވެސް އަޅާލާނަން: ސިޔާމް

ފުވައްމުލަކަކީ ރީތި ކަނބަލުން ގިނަ ރަށެއް ކަމަށާ، އެ ސިޓީއަށް ހުރިހާ ގޮތަކުން ވެސް އަޅާލާނެ ކަމަށް އެމްޑީއޭގެ ރައީސް އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕޭނަށް ރޭ ޏ. ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ކޮވިޑްގެ ވަބާ ދުނިޔެއަށް ކުރިމަތިވެ، ރާއްޖެއަށްވެސް އޭގެ އަސަރު ކުރަން ފެށުމުން، ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ފަރާތްތަކުން ބުނަމުން ދިޔައީ "ތިމަންނަ މެންގެ ދުވަސް މި ދިޔައީ" ކަމަށެވެ.

އެކަމަކު އެވަގުތު ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވީ، ހިކުމަތްތެރި، ވިސްނުން ތޫނު، އަދި އެހާމެ ރައްޔިތުންނަށް އޯގާތެރި ވެރިއެއް. އެދުވަހު، އެމަނިކުފާނު، އަޅުގަނޑުމެން ގެންދަވާފައި ވިދާޅުވީ، ތިމަންނަ އިރާދަކުރެއްވިޔާ ތި ވިޔަފާރިތައް ހަލާކުވެ، މީހުން ބަނޑަށް ޖެހި، މީހުންނަށް ނޫޅެވޭވަރު ވެގެން ދިޔަ ނުދޭނަމޭ. އިރާދަކުރެއްވިޔާ ތިމަންނަ ލާރި ކުރިވަރަކުން ހޯދައިގެން ތި ވިޔަފާރި ތަކާއި، އަދި ކަލޭމެންގެ މުވައްޒަފުންނާ، އަދި ކަލޭމެންގެ ކައިރީގައި ތިބޭ، ބޭރުގެ މުވައްޒަފުންނާ އެންމެނަށް މުސާރަދޭ ވަރު ތިމަންނަ ކޮށްދޭނަމޭ. ޝުކުރިއްޔާ ރައީސް. 

އަހުމަދު ސިޔާމް ( ސަން ސިޔާމް) 

މިއާއެކު ސިޔާމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ އަކީ ދިވެހިންގެ ލޭނާރު ކަމަށެވެ. އެއީ ދެކޮޅު ހެދޭނެ ކަމެއް ނޫން ކަމަށާ، މަސްވެރިންވެސް މަހަށް ފޮނުވަނީ އެ ދާއިރާއިން ލިބޭ ފައިސާއިން ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަންވެސް މިއަދާއި ހަމައަށް ދެމިއޮތީ ކޮވިޑުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްކެވި ހިތްވަރުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެހެން ނޫން ނަމަ، މިއަދު ފަތުރުވެރިކަމެއް ނޯންނާނެ" ސިޔާމް ވިދާޅުވި އެވެ. 

ސިޔާމް އިތުރަށް ވިދާޅުވީ، ފުވައްމުލަކަކީ "ޑެސްޓިނޭޝަން" އަކަށް ހަދައި ދެއްވުނަށް އެ ރަށުގެ ރައްޔިތުން އެދެމުން އަންނަ ކަމަށާ، އެކަން އެ ސިޓީއަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ޞާލިހު ދެއްވާފައިވާ ކަމަށެވެ. 

އެގޮތުން ބޮޑެތި ފުލައިޓްތައް އެ ރަށުގެ އެއާޕޯޓަށް ޖައްސާނެ ކަމަށާ، ކުރިއަށް އޮތް ތަނުގައި، ފުވައްމުލަކަކީ ރާއްޖޭގައި އޮންނަ އިތުރު ޑެސްޓިނޭޝަން އެއްގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ. 

އޭގެ ސަބަބުން ފުވައްމުލަކު ވެގެން ދާނީ ވިދާލާ ގައުމަކަށް. ވިދާލާ ރަށަކަށް. މިގައުމުގައި އޮތް ވިދާލާ ރަށަކަށް. އިރާދަކުރެއްވިޔާ ފުވައްމުލަކު ޒުވާނުން ތިބޭނުންވާ ފުވައްމުލަކު އަޅުގަނޑުމެން ހޯދައި ދޭނަން. 

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް

މިއާއެކު ސިޔާމް ވިދާޅުވީ ފުވައްމުލަކަކީ މަސައްކަތްތެރި, ހީވާގި، އަދި އަޚުލާގު ރަނގަޅު ޒުވާނުން އުޅޭ ރަށެއް ކަމަށެވެ. އަދި އެރަށަކީ އަންހެން ކަނބަލުން ރީތި ރަށެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މަސައްކަތްތެރި، ހީވާގި، އެހާމެ ކެތްތެރި، އެހާމެ އަހުލާގު ރަނގަޅު ބައެއް. އަދި އެހާމެ އަންހެން ބޭކަލުން ރީތި ރަށެއް އިނގޭތޯ ފުވައްމުލަކު މިއީ. އެހެންވީމާ އަޅުގަނޑުމެން އިރާދަކުރެއްވިޔާ މިރަށަށް އަބަދުވެސް އޯގާތެރި ވާނަން. އަޅާލުންވެސް އޮންނާނެ. ހަމަ ހުރިހާ ރަނގަޅަކަށް. މިއީ އެހެން ރަށްރަށަށް ބުނާ ހުތުރު ބަހެއް ނޫން. ދެރަ ބަހެއް ނޫން. އެކަމަކު ފުވައްމުލަކަކީ ހަމަ ރީތި ކަނބަލުން، ހަމަ ގިނަ ރަށެއް. 

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް

ސިޔާމް ވަނީ، މުޅި ފުވައްމުލަކު އެކީގައި އައިސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް އެއްބުރުން އިންތިޚާބު ކުރުމަށް އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.